ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ކޮންމެ އެއްޗެކޭ ކިޔަސް ސަރުކާރު ފޭލްވެއްޖެކަން ރައްޔިތުން އެ އޮތީ ބުނެދީފައި: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން ކޮންމެ އެއްޗެކޭ ކީނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ފޭލުވެއްޖެކަން ރައްޔިތުން ވަނީ ވޯޓުން ބުނެދީފައިކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންވަނީ ރައީސް ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލާފައިވާކަން ބުނެދީފައިކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންވަނީ ރައީސް ސާލިހަށް ވޯޓު ދެވެން ނެތްކަމަށް ބުނެފައިވަކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ދިވެހިރާއްޖޭގެ މަސްކަނޑުތައް ވިއްކާލާފައިވާކަމަށްވެސް ރައްޔިތުން ބުނެފައިވާކަމަށެވެ. އެހެންކަމުން މި ސަރުކާރަށް ދެވަނަ ދައުރެއް ދެވެން ނެތްކަމަށް ރައްޔިތުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިންތިހާއަށް ގިނަވެފައިވާކަމަށްވެސް ރައްޔިތުން ބުނެފައިވާކަމަށާއި އެ އަމަލުތަކުގެ ސަބަބުންވެސް ވޯޓު ދެވެން ނެތްކަމަށް ރައްޔިތުން ބުނެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ފެންމަތިވެފައިވާ ތަފާތު ގިނަ މައްސަލަތަކާއި ގުޅޭގޮތުން ޕީއެންސީ/ޕީޕީއެމްގެ ކޯލިޝަނުން ވާހަކަދައްކަމުން ދިޔައީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުންކަމަށެވެ. އޭނާ ވިދާޅުވީ، ކުރަމުންދިޔައީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށް ދިވެހިންނަށް ދިވެހިންގެ ރާއްޖެ ހޯދައިދިނުމުގެ މަސައްކަތްތަކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ މަސައްކަތްތަކުގެ ތެރެއިން ފަސް އަހަރު ނުވާ ޕީއެންސީއިންވަނީ އެއް ލައްކައަަށް ވުރެ ގިނަ ވޯޓު ހޯދާފައިކަމަށެވެ. އެހެންކަމުން އެމްޑީޕީއިން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރައްޔިތުންވަނީ މި ސަރުކާރު ފެއިލް ވެއްޖެކަން ފުރަތަމަ ބުރުގެ ވޯޓުން ބުނެދީފައިކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ވެރިކަމުގައި ތިބެ އެންމެ ފަހުން ލިބުނު ނަތީޖާ ލިބުމުން އިސްތިއުފާ ދޭން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، އެވަރުގެ ނަތީޖާއެއް ލިބުމުން ލަދު ގަންނަން ޖެހޭނެކަމަށާއި މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ އަދި ބިރުދެއްކުމުގެ މާނައެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ރިޝްވަތަކަށް ނުވަތަ ބަހާ ފައިސާއަށް ހެއްލޭ ބައެއް ނޫންކަމަށާއި އެގޮތުގެ މަތިން ނަތީޖާ ބަދަލު ނުކުރެވޭނެކަން ހާމަކޮށްދީފައިވާކަމަށް އޭޏާ ވިދާޅުވިއެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ފައިސާ ބޭނުންކޮށް ނުހައްގު ގޮތުގައި ނަތީޖާއަށް ބަދަލު ގެނައުމަށް މަސައްކަތްކުރި ކަން އެނގިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އޭގެން އެއްވެސް ކަމެއް ކާމިޔާބު ނުވިކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓުގެ ނަތީޖާ ހާމަކޮށްދެނީ ދިވެހިން ރައްޔިތުން ގައުމު ދެކެ ލޯބިވާކަންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމަށް އިސްކަން ދޭނެ ބައެއްކަންވެސް ފެނިގެންދާކަމަށެވެ.

އެހެންކަމުން އިންޑިއާ އާއި ގުޅުން ކަނޑާލާނެކަމުގެ ވާހަކަތައް ދައްކާނެކަމެއް ނެތްކަމަށާއި އެ ފަދަ އަމަލެއް ޕީޕީއެމް/ ޕީއެންސީއަކުން ނުހިންގާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދައްކަމުން ދަނީ ސިފައިން ބާލާ ވާހަކަަމަށެވެ.އޭނާ ވިދާޅުވި، ވޯޓުގެ ނަތީޖާ ދައްކާފައިވަނީ ދިވެހި އެއްވެސް ރައްޔިތަކުވެސް ބޭނުން ނުވާކަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: