ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އިމާރާތް އެޅުމަށް ބޭނުންވާ ވަސީލަތްތައް ޗައިނާއިން ލިބޭނެ: އާދަމް ޝަރީފް

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ އިމާރާތް އެޅުމަށް ބޭނުންވާ ވަސީލަތްތައް ޗައިނާއިން ލިބޭނެކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ “ފަނޯއްލަ” ދަރުބާރު 2024 ގައި ވާހަކަދައްކަވަމުންނެވެ. ސަރުކާރުން އަޅައިދޭން ނިންމާފައިވާ 50 ކައުންސިލަށް ބޭނުންވާ ވަސީލަތްތައް ޗައިނާއިން ލިބޭނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި މިކަންކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ކައުންސިލްތަކަށްވެސް ކަންކަން ފަހިކުރާނެކަމަށް ވިދާޅުވިއެވެ. ފުރަތަމަ އިމާރާތްކުރާ 50 ކައުންސިލް ހޮވާނީ އާންމުންގެ ހިޔާލާއެކުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިކަމުގެ އުސޫލު މިހާރު އެކުލަވާލާފައިވާކަމަށެވެ.

ކައުންސިލްތައް ހުރި ހާލަތު ދެނެގަނެވިފައިވާކަމަށް ފާހަގަކޮށް، މިނިސްޓަރު ދެއްވީ މި ހާލަތު ރަނގަޅު ކުރާނެކަމުގެ ޔަގީންކަމެވެ.

ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް އިމާރާތް މިއަހަރު ސަރުކާރުން އަޅަައިދޭން ނިންމާފައިވާކަން ހާމަކޮށް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

ހުރިހާ ރަށު ކައުންސިލެއްގެ އިމާރާތް ރަނގަޅު ފެންވަރުގައި އެޅުމަކީ އަމާޒުކަމަށް ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: