ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށައަޅައިފި

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ދުވަހުގެ ހަމަ ނުޖެހުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މުހައްމަދު އިސްމާއިލް ފުލުހުން ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު ފުލުހުން ވަނީ އެކި ފަހަރު މަތިން އިތުރުކޮށްފައެވެ.

އެންމެ ފަހުން ކޯޓަށް ހާޒިރުކުރި ދުވަހު އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް މީހުން ވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލާފައެވެ. ޔޯގާ ދުވަހުގެ މުޒާހަރާގައި ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ދީނީ އިލްމުވެރިން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހުން ބަންދު ކޮށްފައި ބައިތިއްބުމާއި މެދު އާއްމުންގެ ގިނަބަޔަކު ވަނީ ފުލުހުންގެ މުއައްސަސާއަށް ފާޑު ކިޔާފައެވެ. އެގޮތުން ޔޯގާ ދުވަހުގެ މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމުގެ ބަދަލުގައި އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރު ކޮށް އެމައްސަލަ ބެލުމަށް އާއްމުންގެ ތެރެއިން ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: