ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭ ހަމަނުޖެހުން: ޝެއިހް ފަޒްލޫނާއި ނިޝާންއަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް!

ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުމުގެ މައްސަލައާއި ގުޅިގެން ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައި ޝޭޙް  ފަޒްލޫނު މުހައްމަދާއި، ޝެއިހު ނިޝާންއަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ.

ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާއާއި ގުޅިގެން ޝޭޙް ނިޝާންއާއި ޝޭޙް ފަޒްލޫންއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައި ވަނީ މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައެވެ.

މިދިޔަ ޖޫން 21 ގައި ޔޯގާ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރި އެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ 18 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ފަޒްލޫނާއި، ނިޝާންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޔޯގާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ދައުވާ ކުރުމަށް ފޮނުވި މީހުގެ ތެރެއިން 15 މީހުންނަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މައްސަކަތައް ގަސްތުގައި ހުރަސް އެޅުމުގެ ސަބަބުން ދައުވާ އުފުލާފައިވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: