ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ހަމަނުޖެހުން: ޝެއިހް ފަޒްލޫނާއި ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުމުގެ މައްސަލައާއި ގުޅިގެން 18 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފި އެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ.

މިދިޔަ ޖޫން 21 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފެށިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި ތުހުމަތުކުރެވޭ 18 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިންކަމަށެވެ.

އެގޮރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގައި 2 މީހަކަށް 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލައްލުމަށް ދައުވާކޮށްފައިވާކަމަށެވެ. އެއީ ޝެއިހު ފަޒްލޫނު މުހައްމަދާއި، ޝެއިހު ނިޝާން އާދަމެވެ.

އޭގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުން އެފަދަ އަމަލެއްކުރުމުން 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް 7 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި މއ ކަނުހުރާ މުހައްމަދު ޒިލިއަން،  އާއި ނ މިލަދޫ ކާރނޭޝަންމާގެ އަބޫބަކުރު ފާތިއު އާއި ރ ކަނދޮޅުދޫ އަލަމާގެ އަހްމަދު އަކްސަމްް އަދި ގއ މާމެންދޫ އަސްރަފީވިލާ އަހްމަދު ނަޗޫހް އާއި މަ ކުދެހިގެ ހަސަން ޝިފާޒް، ފ ދަރަބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމްގެ އިތުރުން ތ ތިމަރަފުށީ ނަރުގިސްވިލާ އަބްދުﷲ ރިފާއު ހިމެނެއެވެ.

މީގެ އިތުރުން ތ ތިމަރަފުށީ ނަރުގިސްވިލާ އަބްދުﷲ ރިފާއު މައްޗަށް އިތުރު ދައުވާއެއްވެސް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިއުމެއް ގެންގުޅުމުން، 1 އަހަރާއި 3 އަހަރާއި މުއްދަތަކަށް ޖަލަށްލުމުގެ ދައުވާއެވެ. އެހެންކަމުން އަބްދުﷲ ރިފާއުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 21 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ހަމަ އެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވީކަމުގެ ކުށުގައިވެސް 7 މީހަކަށް ވަނީ 17 އަހަރާއި 20 އަހަަރާ ދެމެދުގެ މުއްދަތަކަށް ޖަލައްލުމަށް ދައުވާކޮށްފައެވެ.

މި މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އާއި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ދައުވާއެވެ. އެއީ ދެ މީހެއްގެ މައްޗަށެވެ.

ޔޯގާ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނިކޮށް ހިންގި ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ދައުވާ ކުރުމަށް ފޮނުވި މީހުގެ ތެރެއިން 15 މީހުންނަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މައްސަކަތައް ގަސްތުގައި ހުރަސް އެޅުމުގެ ސަބަބުން ދައުވާ އުފުލާފައިވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: