ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބު ހާސިލްކުރުމަށް އިންސާނެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ރިޒާގެ ހުރި: ޑރ. ޖަމީލް

ކ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީންގެ ޖަލްސާގައި ޑރ ޖަމީލް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކާމިޔާބު ހާސިލްކުރުމަށް އިންސާނެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ކ ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މަރުހޫމް އިބްރާހީމް ރިޒާގެ ގައިގައި ހުންނެވިކަމަށް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ކ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީންގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ރިޒާ އަވަހާރަވީ ހަބަރު ލިބުމާއިއެކު ގުޅިކަމަށެވެ، ރައީސް ޔާމީންއަކީ މިހާރުވެސް އެތަކެއް ހިތާމަތަކެއް އުފުލަމުންދާ ބޭފުޅެއް ނަމަވެސް،  އޭނާއާއި ބައްދަލުވުމުން އެންމެ ފުރަތަމަވެސް އެއްސެވީ ރިޒާގެ އާއިލާގެ ހާލުކޮޅުކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ސީދާ ވަޑައިގެން އާއިލާއާއި ބައްދަލުކުރުމަށް ރައީސް ޔާމީން އެދިލެއްވިކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނަންފުޅުގައި މުޅި ދާއިރާގެ ރައްޔިތުންނަށް ތައުޒިއްޔާ ދެންނެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް އެވަގުތު ފެނުނު ރައީސްގެ ލޯފުޅުން ކަރުނަ ފޭދުންތަން. އެހެންނުވާންވީ ސަބަބެއްވެސް، ވަރަށް ހިދުމަތްތެރި ބޭފުޅެއް ރިޒާއަކީ.

ރިޒާއަކީ ވަރަށް ހިދުމަތްތެރި ބޭފުޅެއްކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީނާއި ނެގެހެއްޓުމަށްޓަކައި ޕީޕީއެމްކުރަމުން ގެންދާ މަސައްކަތުގައި ރިޒާ ވަނީ ވަރަށް އެންމެ މުހިންމު ދައުރު އަދާކުރައްވާފައިކަމަށެވެ.

ރިޒާއަކީ އޭނާގެ ދަރިވަރެއްކަމަށް ފާހަގަކޮށް ޖަމީލް ވިދާޅުވީ، އެކުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބުނުކަމަށާއި، ރިޒާއަކީ ރީތި ސިފަތަކެއްގެ ވެރިއެއްކަމަށެވެ. ހިނިތުންވުމަކީ މި ޒަމާނުގައި އާންމު ސިފައެއް ނޫންކަމަށާއި ނަމަވެސް ރިޒާގެ ކިބައިން އެ ސިފަ އަބަދުވެސް ފެނިގެންދާކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރިޒާއަކީ ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، އެއީ ނަމޫނާ ދަރިވަރެއްކަމަށް ވިދާޅުވިއެވެ. ކާމިޔާބު ހާސިލްކުރުމަށް އިންސާނެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ރިޒާގެ ގައިގައި ހުންނެވިކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބުރުއަރީ 22 ގެ ރޭގަނޑުގެ ވަގުތެއްގައި މެލޭޝިޔާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: