ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ރިޒާގެ އާއިލާއަށް ރައީސް ސާލިހް ތައުޒިޔާ ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އާއިލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރިޒާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައި މެލޭޝިޔާގައެވެ.

ރިޒާ އަވަހާރަ ވުމާއި ގުޅިގެން ރައީސް ސާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޒާ އަކީ ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ވަނީ ރިޒާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދިނުން އެދި ދުއާ ކުރައްވާފައެވެ.

ރިޒާ އެންމެ ފުރަތަމަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވަނީ 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. އަދި 18 ވަނަ ރައްޔިތުންްގެ މަޖިލީހަށް ވެސް ރިޒާ ވަނީ ހޮވިވަޑައިގެން ހިދުމަތް ކުރައްވާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވުމަށްފަހު ރޭ ނިޔާވި އިރު މެމްބަރު ކަމުގެ ދައުރު ނިމެން ބާކީ އޮތީ އެއް އަހަރު ދުވަހެވެ.

މެމްބަރު ރިޒާ އަކީ ގާނޫނީ ވަކީލެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: