ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚް ޒައިދު ނަޝީދަށް: ނުކިޔަވާ ފަތުވާދިނުން ހުއްޓާލަން ޖެހޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ނުކިޔަވާ ފަތުވާދިނުން ހުއްޓާލަން ޖެހޭ ކަމަށްބުނެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ޔޯގާ އަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢު ނެތްކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގައި ހުކުމެއް ކަމަށް ބަލައިގަންނަން ދަތިކަމެއް ވިދާޅުވެ ނަޝީދު ޓުވީޓުކުރެއްވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ ޝެއިޚް ޒައިދު ވިދާޅުވީ ނުކިޔަވާ ފަތުވާދިނުން ހުއްޓާލަން ޖެހޭކަމަށާއި ރައީސް ނަޝީދު ދީނީ ޢިލްމު އުނގެނުއްވީ ކޮންތަނަކުންކަމާމެދު ޒައިދުވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދުއަށް ދީނުގެ އަސްލު އުސޫލުތައް އިނގެނީ ކިހާ މިންވަރަކަށްތޯއާއި އަޤީދާގެ މައްސަލަ ތަކާއި އިޖުމާއު އަދި ޤިޔާސް ކުރުމާއި ފިޤުހީ މައްސަލަަތަކުގައި ޤިޔާސްކުރައްވަން ރައީސް ނަޝީދު ދަސްކުރެއްވީ ކޮން ޔުނިވާސިޓީއަކުންތޯ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.

ޒައިދު އިތުރަށް ވިދާޅުވީ ދީނީ ފަތުވާ ދިނުމުގެ ހުއްދަ ނެތް ބޭފުޅަކު މުޖުތަމައުގައި ބައިބައިވުން އުފެދޭގޮތަށް ބާތިލްވާހަކަތައް ދެއްކުމަކީ ރައީސް ނަޝީދުއާމެދު ފިޔަވަޅު އަޅަން ޖެހޭކަމެއް ކަމަށެވެ.

ޒައިދުގެ ޓުވީޓު ނިންމާލަމުންވެސް ޒައިދު ބުނެފައިވަނީ ޔޯގާއަކީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ.

ނަޝީދު ކުރެއްވި ޓޫވީޓާ ގުޅިގެން ދީނީ ޢިލްމުވެރިންގެ އިތުރުން އެތައް އާއްމު ރައްޔިތުންގެ ނުރުހުންވެސް އަންނަނީ ރައީސް ނަޝީދުއަށް އަމާޒުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކިޔަވަނީ ކިހިނެއް؟ ޑރ.ޒާކިރު ނައިކު ކިޔެވިތަ؟ އެކަމަކު ޒައިދުމެންނަށްވުރެ މާމޮޅު ޒާކިރު. އެހެންވީމާ ކިޔެވި ކިޔެވިހެން ތިޔަވަނީ ކާފަރު. ދިވެހިން ބުނެފަ ހުންނަ ހަރު ބަސްތައް ހާދަ ސީދަލޭދޯ. ޒައިދުވެސް ބުނޭ ތިމަންނަވެސް އެހެނެއް ނުކިޔަވަމޭ. ކިޔެވީމޭ ކިޔައިގެން އުޅެންޏާ މީހުން ކިޔާނީ ކާފަރެކޭ.

  2. މައުމޫނުވެސް ބުނެފި އެއީ ޝިރުކު އެކުލެވޭ ކަމެއް ނެތިއްޔާ އެއީ ރަނގަޅު ކަމެއް ކަމަށް. އެހެންވީމާ މައުމޫނުވެސް ހުރީ ނުކިޔަވާތާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: