ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް ކުފޫ ހަމަވަނީ ރައީސް ސާލިހު: ރާއީ

މެމްބަރު ރާއީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަކީ މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލުކަމާއި ވެރިކަމަށް ކުފޫ ހަމަވުމަކީ އެއީ ކަމަށާއި ނޫންނަމަ ވެރިކަމަށް ކުފޫ ހަމަވަނީ ރައީސް ސާލިހު ކަމުގައި ރާއީ ވިދާޅުވެފައިވެއެވެ.

ރާއީ ވަނީ މީގެ ކުރިންވެސް ރައީސް ސާލިހަށް ތާއީދު ކުރައްވައި ތަރައްގީގެ ބާނީންނަކީ ރާއްޖޭގެ ވަކި ރަށެއް ތަފާތު ނުކޮށް ކުޑައެއް ބޮޑެއް ނުބަލައި ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދޭ ވެރިއެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑަށް ފަހު ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ލޮޅުންތަކާއެކު ރާއްޖެއަށްވެސް ދަނީ އެކަމުގެ އަސަރު ވަރަށްބޮޑަށް ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ވަނީ ރާއްޖޭގައި ކުރިއަށް އޮތް ފަސް މަސް ދުވަހަށް ފުދޭ މިންވަރަށް ބޭރު ފައިސާ ހުރިކަމަށް ބުނެފައެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ދަތިކަމަކީ ނުވަތަ ގޮންޖެހުމަކީ ދަރަނި ބޮޑުވުމެވެ. އެކަމާއި ގުޅިގެން ދުނިޔޭގެ މާލީ އިދާރާތަކުންވެސް ލަފާދީފައިވަނީ ރާއްޖެއިން ކުރާ ހަރަދުތައް ކުޑަކޮށް ދަރަނި ނެގުން މަދުކުރުމަށެވެ. އެކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުން ދާކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ، ދައުލަތުގެ ފަރާތުން އެކި ކަންކަމުގައި، ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީގެ ހިދުމަތައް ބަދަލުތަކެއް ގެނައުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރުދަނާ ކުރުމާއި، ބައެއް މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރުން ގައުމު ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުންވެސް ހިމެނޭކަމަށް އަމީރުވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: