ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓޯޑިއަލްއަށް އިންޑިއާ އޮފިޝަލުން ވަތް ވާހަކައަކީ ދޮގެއް: ފުލުހުން

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ހިންގި މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރި ބައެއް މީހުން ފުލުހުންގެ ކަސްޓޯޑިއަލްގައި ތިއްބާ އެތަނަށް އިންޑިއާގެ އޮފިޝަލުން ވަތް ކަމަށް ވަކީލަކު ބުނި ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހަބަރަކީ އެއްވެސް ހަގީގަތެެއް ނެތް ދޮގު ހަބަރެއް ކަމަށާއި އެކަމަކީ ފުލުހުންގެ މުއައްސަސާގެ ތަަސައްވުރު ކިލަނބުކޮށް ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފެދި އިތުބާރުގެއްލި ދާނެ ފަދަ ކަމެއްކަމަށް ވުމާއެކު އެފަދަ ހަބަރުތައް ގެނެސްދޭއިރު އިތުބާރު ކުރެވޭ މަސްދަރުތަކުން ޔަގީންކުރުމަށް ފުލުހުން އިލްތިމާސް ކުރާކަމުގައެވެ.

ހައްޔަރުކުރި މީހުންގެ ވަކީލުންގެ ފަރާާތުން  ލެވެންޑާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު އަހުމަދު ރާގިބު ވިދާޅުވީ ހައްޔަރުކުރީ މިހުން ފުލުހުންގެ ކަސްޓޯޑިއަލްގައި ތިއްބާ އިންޑިއާގެ އެމްބަސީން އޮފިޝަލުންތަކެއް އެ ކަސްޓޯޑިއަލްއަށް ވަތް ކަމަށެވެ.
އަދި ކަސްޓޯޑިއަލްއަށް ވަދެ ބެލީ ޔޯގާގެ ހަރަކާތުގެ ތެރެއިން އެ މީހުންގެ ގައިގައި ޖެހިކަމަށް ބުނާ މީހުން ހައްޔަރުކޮށްފައި ތިބިތޯ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހައްޔަރުކޮށްފައި ތިބި މީހުންނަށް އިނގިލި ދިއްކޮށް ފާހަގަކޮށް އަދި ވަރަށް ހަޑި ހުތުރުކޮށް ވާހަކަ ދެއްކި ކަމަށް ރާގިބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް އިންޑިއާގެ އޮފިޝަލުންނަށް ކަސްޓޯޑިއަލުންނަށް ނުވަދެވޭނެ ކަމަށާއި ވަކީލުންނަށް ވެސް މުވައްކިލުންނާ ބައްދަލުކުރަން ވަދެވެނީ އެތައް ފޯމެއް ފުރައި ހުއްދަ ހޯދައިގެން ވަރަށް މަސައްކަތުން ކަމަށެވެ.
އޭގެ އިތުރުން އިންޑިއާއިން ތަހުގީގު ޓީމެެއް އައިސް ދިވެހި ފުލުހުންނަށް ޔޯގާގެ މައްސަލައިގައި އިރުޝާދު ދިން ކަމަށް ވެސް ރާގިބު ވިދާޅުވިއެވެ.
ޔޯގާ އިވެންޓްގެ ތެރެއިން ހަމަނުޖެހުން ހިންގި ކަމުގައި ބުނެ ހައްޔަރުކުރި ބައެއް މީހުން އެކަމުގައި ބައިވެރިވި ކަމުގެ ހެކި ފުލުހުންނަށް ނުދެއްކޭ ކަމަށާއި އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނުފެންނަކަމަށް ވެސް ވަކީލުން  ވަނީ ބުނެފައެވެ. އަދި އެ މީހުން ދޫކޮށްލަން ވަނީ ގޮވާލައިފައެވެ.
ޔޯގާ ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންގެ ތެރޭގައި ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި ޝައިހް އާދަމް ނިޝާންއާއި އަދި ޝައިހް ފަޒްލޫން މުހައްމަދު ހިމެނެއެވެ. އެ މީހުން ހައްޔަރު ކުރީއްސުރެވެސް ބަންދުގެ މުއްދަތު ޖަހަމުން ޖަހަމުން އައިސް އަދިވެސް ތިބީ ބަންދުގައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: