ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ރައީސަށް ހިމާޔަތް ދިނުމަކީ ރައީސް ސާލިހާއި ރައީސް ނަޝީދު ގުޅިގެން ހިންގި ޖަރީމާއެއް: އިދިކޮޅު

ރައީސް ސާލިހު، ރައީސް ނަޝީދު، ރއީސް ގޯޓަބަޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ރައީސަށް ހިމާޔަތް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަން ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ޕީޕީއެމުން ގޮވާލައިފިއެވެ.

ލަންކާގެ ރައީސް ފިލައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައުން ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.

އެކަމާއި ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ދިވެހި ސަރުކާރުގެ އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުގައި ކަމަށް ވާތީ މިކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ގޮވާލާކަމަށް ޕީޕީއެމުން ހާމަކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވ.

ލަންކާ ރައްޔިތުންގެ ވިންދާއި އިޙުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ޢަމަލުކޮށް އެޤައުމުގެ ރައީސް އަށް ޙިމާޔަތް ދިނުމުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، މާރިޔާ އަޙްމަދު ދީދީ އާއި ޢަބްދުﷲ ޝަމާލާއި، ޢަބްދުﷲ ޝާހިދު ނަންގަވާ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ގޮވާލާކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތި ކަންތައް ތި ކުރީ ސޯލިހު އަޑީގަ ހުރެގެން ކަން މުޖައްރިބު ދަންވަރު ދަޅާގަ ސިފައިންގެ ބޮޑު ފައުޖެއް ފޮނުވާނީ ސޯލިހު އަންގާގެން. ތި ކުރީ ވަރަށް ބިރުވެރި އަމަލެއް. ކުއްވެރި ކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: