ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ލަންކާއަށް ޣައްދާރުވެގެން ނުވާނެ: ޑރ. ވަހީދު

ގޮޓަބަޔާ އާއި ދެކޮޅަށް ލަންކާގައި ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ލަންކާ އަދި ދިވެހިރާއްޖެ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ދެމިއޮތުން މުހިންމުކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ހާލަތު އިނދަ ޖެހި، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ބަނގުރޫޓުވެފައިވާ ލަންކާއަށް އެހާލަތު ދިމާވާން މެދުވެރިވީ ރާޖަޕަކްސާގެ އާއިލާއިން ހިޔާނާތްވުމުގެ ސަބަބުންކަމަށް ތުހުމަތު ކުރެވެ އެވެ. އާއިލީ ވެރިކަމެއްގެ ތެރެއިން ގައުމުގެ މާލިއްޔާގައި ހުރި ފައިސާ ބަހާލުމުގެ ސަބަބުން، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ލަންކާގައި ތެލާއި، ކާޑުގެ ބާވަތްތަކަށް ޖެހުމުގެ ސަބަބުން އާއްމުންގެ އެންމެ ބޮޑު ޑިމާންޑަކީ ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދިނުމެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ދިވެހި ސަރުކާރުގެ އެހީގައި ގޮޓަބަޔާ ރާއްޖެ އައުމާއި ގުޅިގެން ލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

އެކަމަށް ފާޑުކިއުންތަކާއި، ކަންބޮޑުވުން އަމާޒުވެފައިވަނިކޮށް ޑރ. ވަހީދު ޓްވީޓެއް ކުރައްވައި ވިދާޅުވީ ލަންކާގައި ތިބި އަހުންނާއި އުހުތުންގެ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުން ވަރަށް މުހިންމުކަމަށެވެ. މިއަދު ލަންކާ ދެކެމުން ދަނީ ދަތި އުނދަގޫ ދުވަސްތަކެއްކަން ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ، އެ ގައުމަށް މިވަގުތު އެންމެ މުހިންމީ ރަނގަޅު ލީޑަރެއްގެ ދަށުން ހިންގާ ސަރުކާރެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން ލަންކާއަށް ޣައްދާރުވާން ވީ ވަގުތެއް ނޫންކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.

https://twitter.com/DrWaheedH/status/1547131650563506176

ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެ ވަދެފައިވާއިރު، ގޮޓަބަޔާ ރާއްޖެ އައުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދެވެ. އަމިއްލަ ހައިސިއްޔަތުން ރައީސް ނަޝީދު ގޮޓަބަޔާއަށް މަރުހަބާ ދެންނެވިއިރު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި އެކަމަށް ޕްރެޝަރު ކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް އަސްކަރީ މަތިންދާބޯޓުތައް އެހެން ގައުމުތަކަށް އެތެރެވުމުގައި، ނުވަތަ ވައިގެ ސަރަހައްދު ބޭނުން ކުރާނަމަ އެ ގައުމެއްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި ޑިޕްލޮމެޓިކް ކްލިއަރެންސްތަކާއި، އަސްކަރީ ކްލިއަރެންސްތަކަށް ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި އެފަދަ ކްލިއަރެންސެއް ނެރުމުގައި މަޖިލީހުގެ ރައީސަކަށް އެއްވެސް ހުއްދައެއް ނުދެވޭނެ އެވެ.

ހާއްސަކޮށް އެއްވެސް ގައުމެއްގެ ވެރިއަކަށް ސަރުކާރާއި، އިމިގްރޭޝަނަށް ނޭނގި ވަޑައިނުގެންނެވޭނެ އެވެ.

ސަރުކާރުގެ ބަހެއް ހޯދުމަށް ނޫސްވެރިންނާއި މީޑިއާތަކަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެއްވެސް އިދާރާއެއްގެ ބަހެއް ލިބޭ ގޮތް ނުވި އެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި، ރައީސް އޮފީހުގެ މީޑިއާ ޓީމު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެމްއެންޑީއެފް މީޑިއާ އާއި، ފޮރިން މިނިސްޓްރީގެ އިސްވެރިންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޣައްދާރު ވާންވާނީ ވެރިކަން އަތަށް އަރާ ހިސާބުގަ އޮވެ ވެރިމީހާއަށް. މޮޅުވާހަކަ ދައްކަން ލަދުކުޑަ މީހުންވެސް ދުނިޔޭގަ އެބައުޅޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: