ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮޓަބަޔާ ވީއައިއޭއިން މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ!

ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ހާލަތުގައި ޖެހި، ބަނގުރޫޓުވެފައިވާ ލަންކާގެ ރައްޔިތުން ދޫކޮށް ރާއްޖެ އައި އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ގޮޓަބަޔާ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ، ފްލައިޓް ނަމްބަރު SQ437 މެދުވެރިކޮށެވެ.

ގޮޓަބަޔާ މިވަގުތު ހުންނެވީ ސީދާ ކޮންތަނެއްގައިކަން ކަށަވަރު ނުވީ ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި އޭނާ ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. ތަން ހިނގަނީ މުހައްމަދު އަލީ ޖަނާހުކަމަށް ސޯޝަލް މީޑިއާގައި އަޑުތަށް ފެތުރިފައިވާތީ ޖަނާހުއަށް “ސަންގު” އިން ގުޅުމުން ވިދާޅުވީ ތަން ހިނގުމާއި ހަވާލުވެ ހުރީ އޭނާ ނޫންކަމަށާއި ރިސޯޓު މެނޭޖު ކުރަނީ ހިލްޓަންއިން ކަމަށެވެ.

ރާއްޖޭގައި އަސްކަރީ މަތިންދާ ބޯޓެއް ޖައްސަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފުރަތަމަ އެދުނު އެދުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދެކޮޅު ހެދި ނަމަވެސް ފަހުން ވަނީ ހުއްދަ ދީފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްރީލަންކާގެ ދަ މޯނިންގް ނިއުސް ޕޯޓަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ ފޮނުއްވުމުގެ ފުރުސަތު ބޮޑީ، އޭނާގެ އެންމެ ފަހު މަންޒިލަށް ވަޑައިގެންނެވުމަށް ފަހުގައެވެ.

އެނގިފައިވާ ގޮތުގައި ރާޖަޕަކްސަގެ އިސްތިއުފާގެ ސިޓީ ސްރީލަންކާގެ ގަޑިން މިރޭ 8 ޖަހާކަށް ހާއިރު މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާއަށް ފޮނުއްވާނެ އެވެ.

އިގްތިސާދީ ހާލަތު އިނދަ ޖެހި، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ބަނގުރޫޓުވެފައިވާ ލަންކާއަށް އެހާލަތު ދިމާވާން މެދުވެރިވީ ރާޖަޕަކްސާގެ އާއިލާއިން ހިޔާނާތްވުމުގެ ސަބަބުންކަމަށް ތުހުމަތު ކުރެވެ އެވެ. އާއިލީ ވެރިކަމެއްގެ ތެރެއިން ގައުމުގެ މާލިއްޔާގައި ހުރި ފައިސާ ބަހާލުމުގެ ސަބަބުން، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ލަންކާގައި ތެލާއި، ކާޑުގެ ބާވަތްތަކަށް ޖެހުމުގެ ސަބަބުން އާއްމުންގެ އެންމެ ބޮޑު ޑިމާންޑަކީ ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދިނުމެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ދިވެހި ސަރުކާރުގެ އެހީގައި ގޮޓަބަޔާ ރާއްޖެ އައުމާއި ގުޅިގެން ލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެ ވަދެފައިވާއިރު، ގޮޓަބަޔާ ރާއްޖެ އައުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދެވެ. އަމިއްލަ ހައިސިއްޔަތުން ރައީސް ނަޝީދު ގޮޓަބަޔާއަށް މަރުހަބާ ދެންނެވިއިރު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓު ކުރިގޮތުގައި އެކަމަށް ޕްރެޝަރު ކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް އަސްކަރީ މަތިންދާބޯޓުތައް އެހެން ގައުމުތަކަށް އެތެރެވުމުގައި، ނުވަތަ ވައިގެ ސަރަހައްދު ބޭނުން ކުރާނަމަ އެ ގައުމެއްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި ޑިޕްލޮމެޓިކް ކްލިއަރެންސްތަކާއި، އަސްކަރީ ކްލިއަރެންސްތަކަށް ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި އެފަދަ ކްލިއަރެންސެއް ނެރުމުގައި މަޖިލީހުގެ ރައީސަކަށް އެއްވެސް ހުއްދައެއް ނުދެވޭނެ އެވެ.

ހާއްސަކޮށް އެއްވެސް ގައުމެއްގެ ވެރިއަކަށް ސަރުކާރާއި، އިމިގްރޭޝަނަށް ނޭނގި ވަޑައިނުގެންނެވޭނެ އެވެ.

ސަރުކާރުގެ ބަހެއް ހޯދުމަށް ނޫސްވެރިންނާއި މީޑިއާތަކަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެއްވެސް އިދާރާއެއްގެ ބަހެއް ލިބޭ ގޮތް ނުވި އެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި، ރައީސް އޮފީހުގެ މީޑިއާ ޓީމު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެމްއެންޑީއެފް މީޑިއާ އާއި، ފޮރިން މިނިސްޓްރީގެ އިސްވެރިންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 27%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: