ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮޓަބަޔާއަށް ވަގުތީ ހިމާޔަތެއް ދޭން ސަރުކާރަށް އެންގީ އިންޑިއާ: އިދިކޮޅު

މާލޭގައި ތިބި ލަންކާގެ ބަޔަކު ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ހާލަތު ދަށްވެ ބަނގުރޫޓުވެފައިވާ ލަންކާގެ ރައީސަކަށް ހުންނެވި ގޮޓަބަޔާ ރާޖަޕަކްސާ ރައްޔިތުންނަށް ފިލައިގެން ގައުމުން ބޭރުވުމުގައި ދިވެހި ސަރުކާރުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިން އަންގައިގެންކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ހާލަތު އިނދަ ޖެހި، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ބަނގުރޫޓުވެފައިވާ ލަންކާއަށް އެހާލަތު ދިމާވާން މެދުވެރިވީ ރާޖަޕަކްސާގެ އާއިލާއިން ހިޔާނާތްވުމުގެ ސަބަބުންކަމަށް ތުހުމަތު ކުރެވެ އެވެ. އާއިލީ ވެރިކަމެއްގެ ތެރެއިން ގައުމުގެ މާލިއްޔާގައި ހުރި ފައިސާ ބަހާލުމުގެ ސަބަބުން، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ލަންކާގައި ތެލާއި، ކާޑުގެ ބާވަތްތަކަށް ޖެހުމުގެ ސަބަބުން އާއްމުންގެ އެންމެ ބޮޑު ޑިމާންޑަކީ ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދިނުމެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އެހީގައި ގޮޓަބަޔާ ރާއްޖެ އައުމާއި ގުޅިގެން ލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ރާއްޖޭގައި އެއް ދުވަސް ހޭދަ ކުރުމަށް ފަހު ގޮޓަބަޔާ ސިންގަޕޫރަށް އިއްޔެ ފުރާފައިވާއިރު، އޭނާ ވަނީ މިހާރު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ލަންކާގެ މީޑިއާތަކާއި، އަދި ސިޔާސީ އެކި މީހުންނާއި ރައްޔިތުންގެ ނުރުހުން ރާއްޖެ އަމާޒުވެފައިވާއިރު އެ މީހުން އެންމެ ބޮޑު ފާޑުކިއުމެއް ކިޔަނީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

ލަންކާގެ ރައްޔިތުންނަށް ފިލަން ގޮޓަބަޔާ ރާއްޖެ އައުން ބައިނަލްއަގުވާމީ އެތައް މީޑިއާއެއްގެ އަމާޒު ހުއްޓުނެވެ. އަދި ދިވެހިންނާއި، ސިޔާސީ އެކި މީހުންގެ ފާޑުކިއުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޔޯގާ ޑޭ ހަރަކާތާއި ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ގޮވާލައި ކުރިޔަށް ގެންދިޔަ އެއްވުމުގައި މުންދު ވިދާޅުވީ، މިއަދު ސަރުކާރަށް އިންޑިއާ އެމްބަސީގެ އެންގުންތަކަށް ބޯލެނބުމަށް މަޖުބޫރުވެފައިވާކަމަށެވެ. އަދި ވަކި މީހަކަށް އަނިޔާކޮށް، އެ މީހަކު ހައްޔަރު ކުރަން އަންގަނީ އިންޑިއާ އެމްބަސީންކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ރައީސްކަން ކުރެއްވި ގޮޓަބަޔާ ރާޖަޕްކްސާ ރާއްޖެ ގެނެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނުދީ ދިވެހި ސަރުކާރުން ހަނު ތިބި މައްސަލަ ކުށްވެރި ކުރައްވައި މުންދު ވިދާޅުވީ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަނި ނޫން ކަމަށެވެ. ބޭރުގެ ގައުމެއްގެ ރައީސަކު މިލިޓަރީ އެއާކްރާފްޓެއްގައި ރާއްޖެ އައުމުން، އެކަމުގެ މައުލޫމާތު ދިވެހި ސަރުކާރުގެ އިސްވެރިންނަށް ނޭނގި ނޯންނާނެކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ އެއާކްރާފްޓު ޖެއްސުމުގެ ހުއްދަ ދެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.

ލަންކާ ހާލުގައި ޖެހިފައި އޮއްވައި، އެކަމުގެ ޒިންމާ ނަގަން ބޭނުން ނުވާ ގޮޓަބަޔާ ފިލުމުގައި އެހީވުމަށް ސަރުކާރުން ނިންމައި ސިންގަޕޫރަށް ފުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފުރުސަތު ދިނީ އިންޑިއާ ބޭނުންވެގެންކަމަށް މުންދު ވިދާޅުވި އެވެ.

“އެއީ ވަރަށް ބިރުވެރިކަމެއް… ސަބަބަކީ އިންޑިއާއިން މިބޭފުޅުން ގާތުގައި ކާލޭގެ އަންހެނުން ވަރިކުރާށޭ ބުންޏަސް ނޫނެކޭ ބުނާކަށް ނުކެރޭނެ… މިއީ ދަށުވެފައި އޮތް މިންވަރު…” މުންދު

ދައުލަތުގެ ވެރިންނާއި، މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިއަދު ތިބެން ޖެހެނީ އިންޑިއާގެ ދަށުވެފައިކަމަށް ތަކުރާރު ކުރައްވައި މުންދު ވިދާޅުވީ ރާއްޖެ މިދާ މިސްރާބު ހުއްޓުވޭނީ އެކަމާއި ދެކޮޅަށް ހަރަކާތްތައް ހިންގައި، ކުށްވެރިކޮށްގެން ކަމަށެވެ.

ގައުމެއްގެ ދާހލީ ކަމެއްގެ ތެރެއަށް ރާއްޖެ ވަދެފައިވާއިރު، ގޮޓަބަޔާ ރާއްޖެ އައުމުން އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުން މަރުހަބާ ދެންނެވީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެމަނިކުފާނު ރައްމީ ހައިސިއްޔަތުން އެއާޕޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށެވެ.

ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ގޮޓަބަޔާ ރާއްޖެ އެތެރެވުމުގައި ކްލިއަރެންސް ދިނުމަށް ޕްރެޝަރު ކުރެއްވީ ރައީސް ނަޝީދުކަމަށް ރިޕޯޓު ކުރި ނަމަވެސް އަސްކަރީ މަތިންދާބޯޓުތައް އެހެން ގައުމުތަކަށް އެތެރެވުމުގައި، ނުވަތަ ވައިގެ ސަރަހައްދު ބޭނުން ކުރާނަމަ އެ ގައުމެއްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި ޑިޕްލޮމެޓިކް ކްލިއަރެންސްތަކާއި، އަސްކަރީ ކްލިއަރެންސްތަކަށް ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ. އަދި އެފަދަ ކްލިއަރެންސެއް ނެރުމުގައި މަޖިލީހުގެ ރައީސަކަށް އެއްވެސް ހުއްދައެއް ނުދެވޭނެ އެވެ. ހާއްސަކޮށް އެއްވެސް ގައުމެއްގެ ވެރިއަކަށް ސަރުކާރާއި، އިމިގްރޭޝަނަށް ނޭނގި ވަޑައިނުގެންނެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: