ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ކުޑަގިރި ދިއްލާލައިފި!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއްގެ ގޮތުގައި ކުޑަގިރި ކަނޑައަޅައި ޖުލައި 26 ގައި ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ސްޓެލްކޯއާއި ހަވާލު ކޮށްފައިވާ ހުރިހައި މަސައްކަތެއް އެ ކުންފުނިން ކޮށް ނިންމާލައިފިއެވެ.

ސްޓެލްކޯ އާއި މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތުދީފައެެވެ. އަދި މިކަމުގައި ކުންފނީގެ މުވައްޒަފުން ދެއްޥާ އެއްބާރުލުން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ، ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައިކަމަށާއި އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް މިހާރު ވަނީ ސްޓެލްކޯގެ ފަރާތުން ހަރުކޮށް ދިއްލާފައިކަމަށް ސްޓެލްކޯއިން ވަޏީ ބުނެފައެވެ.

ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައިކަމަށް ކުންފުނިން ބުންޏެވެ. އަދި ކުޑަގިރީގައި މިހާރު ސްޓެލްކޯގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތްކަމަށް ބުނެފައިވެއެވެ.

ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށްގާތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާއިރު، ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް އާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 500 މޟީހުން އުޅެރަށެއް ތަރައްގީ ކުރަން ކުރާ ހަރަދު ތިޔަ ގިރިއަކައް ކޮއްފި. 26 ރަށް ހުޅުވަނީ އިމާރަތް ތަކުގެ ބޭރު ފާރު ރާނަ ކުލަލާލަފައި ކޮންމެ ދުވަހު ފައިސަލް ނަށީމް އާއި އަލީ ނިޔާޒް ގޮސް މަސަކަތައް ފާޑު ކިޔަހަދާފައި ހުންނަތަންތަނައް ބަދަލު ގެނުވާ މިގިރިއަކީ ކޮރަޕްޝަން ގެ ހާއްޔެތް 1.5 ބިލިއަން ރުފިޔާ ގާތައް ހަރަދު ވެގެންދާނެ މިގިރި ހަދަން މިއީ ކުރިމަގުގައި ނައިޓްކްލަބަކައް ބަދލު ކުރުމުގެ ވިސްނުން ހުރިތަނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: