ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ދީނާއި ހިލާފު އަމަލުތަކެއް ހުއްދުކޮށްފަ: ސެންބެ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ސަދޫމް ބަންޑުންޖަހާލި ފަދަ ފާހިޝް އަމަލުތައް ދިވެހިރާއްޖޭގައި ހުއްދަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަންވަނީ ގެއްލިފަކަމަށް ފާހަގަކޮށް، މުޖުތަމައުގައި ތެރޭގައި ބޮޑެތި ފާހިޝް އަމަލުތައް ހިންގަމުންދިޔުމާއި ދެކޮޅަށް ކަންބޮޑުވުން ފާލުކޮށް، އަޑުއުފުލައި، އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ވާހަކަދައްކަވަމުން މުހައްމަދު ލަތީފް ވިދާޅުވީ، ދިވެހި މުޖުތަމައުގައި ދީނާއި ހިލާފު ގިނަ އަމަލުތަކެއް ހިންގަމުންދާ މަންޒަރު ފެނިގެންދާއިރު، ގާނޫނުގެ ތެރެއިން އެކަމަށް އެޅުމަށް ލާޒިމުކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ފެނިގެންދަނީ ފުލުހުންގެ މުއައްސަސާއިން ބަލަހައްޓައިގެން ތިބޭ މަންޒަރުކަމަށެވެ.

ދިވެހި ގައުމުގެ އިޖުތިމާއީ ފޭރާން ނެތިވެގެންދާއިރު، ދިވެހި ފުލުހުންގެ މުއައްސަސާގެ ފަރާތުން އެފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަަކަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ފާހަގަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވީ، އެކަމުގެ ސަބަބުން، އެފަދަ ބޮޑެތި ފާހިޝް އަމަލުތައް ރާއްޖޭގައި ހިންގަމުންދިއުމުގެ ޒިންމާ އެޅިގެންދަނީ ފުލުހުންގެ މުއައްސަސާގެ ބޮލުގައިކަމަށެވެ. އެދި އެފަދައިން އަމަލު ނުކުރެއްވުމަށް ފުލުހުންގެ މުއައްސަސާއަށް އިލްތިމާޒް ކުރައްވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ، ދީނާއި ހިލާފު ފާހިޝް އަމަލުތަކެއް ދިވެހި މުޖުތަމައުގެ ތެރޭގައި ހުއްދަކޮށްފައިކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި ހިންގާ މުޑުދާރު އަމަލުތައް ސަރުކާރުންވަނީ ހުއްދަކޮށްފައިކަމަށް ދޭހަވާ މޭރުކަމުން ވާހަކަދައްކަވަމުން މުހައްމަދު ލަތީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ އިސްވެރިންގެ މަގާމުގައި ތިއްބަވަނީ “ނުލަފާ” ބައެއް ކަމަށެވެ. އަދި އެފަދަ ވެރިންތަކެއްދޭ ގައިރު ގާނޫނީ އަމުރުތަކަކަށް ފުލުހުންގެ މުއައްސަސާއިން ތަބާވާން ނުޖެހޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންގެ މުއައްސަސާއިން ގައިރު ގާނޫނީ އަމުރުތަކަކަށް ތަބާވާން ނުޖެހޭކަމަށް ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން މުހައްމަދު ލަތީފް ވިދާޅުވީ، ދިވެހި ފުލުހުންގެ މުއައްސަސާއަށް އުޖޫރަ ލިބިގެންދަނީ ރައްޔިތުންގެ ޓެކުސް ފައިސާއިން ކަމަށެވެ. އެހެން ކަމުން ރައްޔިތުން ހައްގު ބަސްބުނުން ހުއްޓުވުމަކީ އެ މުއައްސަސާއިން ކޮށްގެންވާނެކަމެއް ނޫންކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައްޔިތުންނަށް ޝުއޫރުތައް ފާޅުކޮށް، ސުލްހަވެރިކަމާއިއެކު، އިހުތިޖާޖްކުރުމަށް ފުރުސަތު ދިނުމަށް ފުލުހުންގެ މުއައްސަސާއަށް ގޮވާލާކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި ފާހިޝް، ދީނާއި ހިލާފު އަމަލުތައް ގިނަވެފައިވާކަމަށާއި، ސަރުކާރުންވަނީ އެފަދަ އަމަލުތައް ހުއްދަކޮށްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ފާހަގަކުރައްވާފައިވާއިރު، ދާދި ފަހުހުން ލީކުވި ވީޑިއޯތަކުގައި، ދީނާއި ހިލާފު އަމަލުތަކެއް ހިންގުމުގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތަކެއް އެޅިފައިނުވެއެވެ. އެހެން ނަމަވެސް 50 ވަރަކަށް ދިވެހި ފިރިހެނުން އެފަދަ އަމަލުތަކެއް ހިންގާފައިވާ މައްސަލަ ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާކަމަށް އެ މުއައްސަސާއިންވަނީ ހާމަކޮށްފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: