ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ކުރެއްވީ ‘އެދުންވެރިކަމެއް’: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުންދަނީ “އެދުންވެރިކަމެއް”ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން، އެކަމާއި ނުރުހުން ފާޅުކުރައްވާ ރައީސް ނަޝީދު، ރައީސް ސާލިހު ޒިނޭ ކުރެއްވިކަމަށް ތުހުމަތުކޮށްފައިވުމަށް އިޝާރާތްކުރައްވާ، ހުސައިން ވިދާޅުވީ، ބޭރު ގައުމުތަކުގެ އިސް ފަރާތްތަކެއްގެ މައްޗަށް އެގައުމެއްގެ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުތަކެއް ކުރެވުމުން އަމިއްލައަށްވެސް އިސްތިއުފާދޭކަމަށެވެ.

ރައީސް ސާލިހުގެ މައްޗަށް ދިވެހިރާއްޖޭގެ އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވެފައިވުމުގެ ތުހުމަތުތަކެއް ކުރެވިފައިވުމުން އެމަނިކުފާނު އަމިއްލައަށް އިސްތިއުފާދެއްވުން ރަނގަޅުކަމަށް ފާހަގަކުރައްވާ ހުސައިން ވިދާޅުވީ، ރައީސް ސާލިހު ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރެއްވީ “އެދުންވެރިކަމެއް” ކަމަށެވެ.

ރައީސް ސާލިހު އިސްތިއުފާ ދެއްވުމަކީ އެދެވިގެންވާގޮތްކަމަށް ފާހަގަކުރައްވާ ހުސައިން އިތުރަށް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަކީ، “ދޮން” މީހުން އުޅޭ ގޮތަށް އުޅުމަށް މަސައްކަތްކުރާ ފަރާތްތަކެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކަށް އެފަދަ އުސޫލަކުންވެސް އުޅެން އިންގިފައިނުވާކަމަށްވެސް ހުސައިން ފާހަގަކުރެއްވިއެވެ.

 

އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވި، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމާއި ގުޅިގެން އެ މަނިކުފާނުވަނީ، ރައީސް ސާލިހަށާއި އެމްޑީޕީގެ އިސް މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހު ޒިނޭ ކުރައްވާފައިވާކަމަށާއި، ރާބޯކަމަށްވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އަދި އެ މަނިކުފާނަށް ރައީސް ސާލިހު އެފަދަ އަމަލެއް ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށްވެސް ރައީސް ނަޝީދުވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: