ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުކުން ބަހައްޓާ! ވެރިކަމަށް ކުރިމަތިލާން ޝާހިދުގެ ’އަބްއާދު ސުންނަތެއްވެސް‘ ވެސް ހަމަ ނުވޭ: ޝައިހު ޝަހީމް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް ރުކުން ހަމަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ފާހަގަކޮށްފައިވަނިކޮށް، މިނިސްޓަރު ޝާހިދުގެ އަބްއާދު ސުއްނަތްވެސް ހަމަނުވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދގައި އަދާކުރައްވާ މަގާމުގެ ދައުރު ހަމަވަމުންދާކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ޝާހިދުވަނީ، ދިވެހިރާއްޖޭއަށް މާލީ ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅުގައި، ބޭރު ގައުމެއްގައި ހުންނަވައިގެން، ބޮޑު ހަރަދުތަކެއް ކުރައްވާފައިކަމަށެވެ.

ދިވެހިރާއްޖޭގެ މާލިއްޔާތުން، މިނިސްޓަރު ޝާހިދުވަނީ ބޮޑު ހަރަދުތަކެއް ކުރައްވާފައިކަމަށް ދޭހަވާ މޭރުކަމަކުން ވާހަކަދައްކަވަމުން، ޝަހީމްވަނީ، ހަރަދުތަކެއް ކުރެއްވުމަށް ފަހު، ދައުރު ހަމަވެގެން، ޝާހިދު އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު، ދިވެހިންނަށް އެ މަނިކުފާނުގެ ފަރާތުން ވެފައިވާ ފައިދާއެއް އޮތްތޯ ސުވާލުކުރައްވާފައިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހަރަދުތަކުން ދިވެހިރާއްޖެއަށް ލިބިފައިވާ ފައިދާތަކެއްވޭތޯ ސުވާލުކުރައްވާ ޝަހީމުވަނީ، ޝާހިދު ވެރިކަމަށް އައުމަށް ރުކުން ހަމަވާކަމަށް ރައީސް ނަޝިދު ވިދާޅުވި، ވިދާޅުވުމަށް ރައްދުދެއްވާފައިއެވެ. އެގޮތުން ޝަހީމުވަނީ، ޝާހިދުގެ ރުކުންތައް ހަމަވޭތޯ ސުވާލުކުރައްވާފައިއެވެ. އަދި ރުކުން ހަމަނުވާކަމަށް ސިފަކުރައްވާ، ޝާހިދުގެ އަބްއާދު ސުންނަތްވެސް ހަމަނުވާކަމަށް ޝަހީމްވަނީ ފާހަގަކުރައްވާފައިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަމާޒުކުރައްވާ ޝަހީމް ކުރެއްވި ޓްވީޓް

އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ފޮރިން މިނިސްޓަރު ޝާހިދު ހުންނަވައިގެން، ދިވެހިރާއްޖެއަށް ވެފައިވާ ފައިދާއެއް ނެތްކަމަށާއި، ވެރިކަމަށް އައުމަށް ހަމަވާންޖެހޭ ރުކުންތުކުގެ އިތުރުން، އަބްއާދު ސުންނަތްވެސް ހަމަނުވާކަމަށް ފާހަގަކުރައްވާ ޓްވީޓެއްކުރައްވުމަށްފަހު، ޝަހީމްވަނީ އެ ޓްވީޓް ޑިލީޓުކޮށްލާފައެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 3%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. “އަބްއާދާއި ސުންނަތްވެސް ހަމަނުވާކަމަށް ފާހަގަކުރައްވާ“
    ގޯސްކޮށް ނުލިޔެބަލަ
    “އަބްއާދު ސުންނަތް“ ރަނގަޅު ގޮތަކީ…

  2. ޝާހިދުގެހައިއާތު ސުންނަތް ހަމަވޭ. ރުކުންތައް ހަމަކަމަށް ހެދިގެންއުޅޭޭމީހުންގެ އެކައްޗެއްވެސް ހަމައެއް ނުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: