ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބަލިކޮށް އައްޑޫ ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމްއަށް!

ތަދޫ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ފާތިމަތު ނަޒީހާ އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބޭއްވުނު އައްޑޫ ސިޓީ ހިތަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބު ޕީޕީއެމް އިން ކާމިޔާބުކޮށްފައިވަނީ އެމްޑިޕީ އާއި ވާދަކޮށް 141 ވޯޓްގެ ތަފާތަކުންނެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނަޒީހާ އަހުމަދަށް ލިބިފައިވަނީ 567 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ޝަހީދާ އަށް ލިބުނީ 426 ވޯޓެވެ.

ހިތަދޫގެ ބައި އިލެކްޝަންގެ އިތުރުން ތ ވަންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްއެންޕީ އިން ނެވެ.

ތ. ވަންދޫ ބައި އިލެކްޝަންގައި އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ މުހައްމަދަށް ލިބުނީ 132 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ޝިރުމީނާ އަލީ އަށް ލިބިފައިވަނީ 89 ވޯޓެވެ. އެއީ 43 ވޯޓްގެ ތަފާތެކެވެ.

މި ފަހަކަށް އައިސް ބާއްވާ ގިނަ ބައި އިލެކްޝަންތަކުން އެމްޑީޕީ އަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: