ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު ކައުންސިލްގެ ވައްކަން: މޮނިޓަރިންގެ ތެރެއިން ފާހަގަވި މައްސަލަތަކަށް ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ މުއްދަތު ވާނީދެވިފައި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ ދުވާފަރު ކައުންސިލް އިދާރާގެ އިދާރީ ހިންގުމުގައްޔާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ކޮރަޕްޝަން ހިނގާތޯ ބެލުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މޮނިޓަރ ކުރުމަށްފަހު ފާހަގަވި މައްސަލަތަކަށް ޖަވާބުދާރީވުމަށް ދުވާފަރު ކައުންސިލަށް އެކަށީގެންވާ މުއްދަތު ދީފައިވާނެކަމަށް އެލްޖީއޭއިން ބުނެފިއެވެ.

ދުވާފަރު ކައުންސިލަށް ރިޕޯޓު ނެރުމުގެ ކުރިން މައްސަލަތަކަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ދީފައިނުވާކަމަށްބުނެ އެ ކައުންސިލުން އެލްޖީއޭއަށް ސިޓީއެއް ފޮޮނުވާފައިވުމާއެކު އެ ސިޓީއަށް ޖަވާބުދިނުމަށް އެލްޖީއޭއިން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ކައުންސިލް ހިންގުމުގައްޔާއި ފައިސާގެ މުއާމަލާތުތައް ކުރުމުގައި ރިޝްވަތު ހިނގާކަމަށް ގިނަފަރާތްތަކެއް ޝަކުވާ ހުށްހެޅުމާއި ގުޅިގެން އެ އޮތޯރިޓީގެ ޓީމެއް ދުވާފަރަށް ގޮސް ކުރެވުނު ޚާއްސަ މޮނިޓަރިންގެ ތެރެއިން ދުވާފަރަު ކައުންސިލް ހިންގުމުގައި ފާހަގަކުރެވޭ މައްސަލަތައް ހިމެނޭގޮތަށް އެކުލަވައިލެވުނު ރިޕޯޓު އެލްޖީއޭގެ ބޯޑުން ފާސްކުރުމަށްފަހު މި މަހުގެ 20 ވަނަ ދުވަހު ޝާއިޢުކޮށްފައިވާނެކަމަށާއި ރިޕޯޓު އެކުލަވައިލުމުގެ ކުރިން އެ ކައުންސިލަށް އެ މައްސަލަތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ މުއްދަތެއް ދީފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެލްޖީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކައުންސިލްގެ މައްސަލަތައް ތަހުޤީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ތަހުޤީގީ އިދާރާތަކަށް ހުށަހަޅާފައިވާނެކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެ ކައުންސިލްގެ އިންކުއަރީ ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެލްޖީއޭގެ ނޫސްބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: