ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު މަގުހެދުމުގެ މަޝްރޫއު ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ

ދުވާފަރު މަގު ހެދުމުގެ މަޝްރޫއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއު ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ ކަމުގައި އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މީގެ އިތުރުން މަގުގައި ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް އަދި ސަބްސްޕޭސް ގެ އިތުރުން ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެެވެ. އަދި ޕޭވްމަންޓް މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމުގައި ވެސް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4960 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި، މަގުގައި ދުއްވޭ ގޮތަށް 17790 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމަށް ހަމަޖެހިފައިވެއެވެ.  އަދި ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އާއި ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 37.8 މިލިޔަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: