ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒަށް އަމާޒުކޮށް “ބްރޯ” ކިޔުމުން އެ ބަސް ރައްދުވަނީ ރައީސަށް: އިއްސެ

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އަމާޒުކޮށް “ބްރޯ” ބަސް ބޭނުން ކުރާނަމަ، އެހެން އެ ބުނެވެނީ ރައީސުލްޖުމްހޫރިއްޔާ އާ ދިމާލަށް ކަމަށާއި ސަބަބަކީ ފައްޔާޒަކީ ރައީސް އެންމެ އިތުބާރުކުރާ އެއް ވަޒީރަށްވުންކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން “ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި އިސްމާއީލް ވިދާޅުވީ ފައްޔާޒަށް އަމާޒުކޮށް “ބްރޯ” ކިއުމުން އެ ބަސް ރައްދުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލަށް ކަމަށެވެ. ސަބަބަކީ ފައްޔާޒަކީ ރައީސް އެންމެ އިތުބާރު ކުރައްވާ މުހިއްމު ހުރިހާ ކަމެއްގެ ނިންމުން ތައް ނިންމުމުގެ ބާރު ދެއްވާފައިވާ މިނިސްޓަރަކަށް އޭނާ ވާތީ ކަމުގައި އިސްމާއިލް ވިދާޅުވިއެވެ.

“ފައްޔާޒް އަކީ ބްރޯ އޭކޭ ބުނާކަމުގައި ވަންޏާ އެބުނެވެނީ ރައީސުލްޖުމްހޫރިއްޔާ އޭ އަސްލު ބްރޯ އަކީ” މެމްބަރު އިސްމާއިލް އަހުމަދު

“ބްރޯ” އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބުގެ ބާރުގަދަ ކަމުން އޭނާއަށް އަމާޒުކޮށް ބައެއް މީހުން ކިޔައި އުޅުނު ނަމެކެވެ. އަދީބަކީ ސަރުކާރުގެ އެތެރޭގައި އެކި ނިންމުންތަކާއި އެކު، ސިޔާސީ ގޮތުން ނުފޫޒު ގަދަ އަދި ބޮޑެތި ވިޔަފާރިވެރިންނާއި އަދި އެކި ގްރޫޕުތަކާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އެބީދައިން، ފައްޔާޒަކީ ވެސް މި ސަރުކާރުގެ ބްރޯކަމަށް ބުނެ އެމްޑީޕީގެ އެތެރެއިން ބަހުގެ ހަމަލާތައް އަމާޒުވެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އެންމެ ގޯސްވި ދުވަސްވަރުގެ ތެރޭގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕާޓީގައި “ބްރޯ” ވާން ނޫޅުމަށް ފައްޔާޒަށް ގޮވާލާފަ އެވެ. މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕެއިންތައް ކުރިޔަށް ގެންދަވާ ފައްޔާޒް ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް ބުނެ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ފައްޔާޒަކީ އެހެން ޕާޓީއެއްގެ މީހެއްކަމަށާއި، އެމްޑީޕީގެ އަސްލު އަސާސްތައް އޭނާއަށް އެނގިވަޑައި ނުގަންނަވާނެކަމަށް ބުނެ ވެސް ބަހުގެ ހަމަލާތަކެއް ވަނީ ރައްދުވެފަ އެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވައި އިސްމާއިލް ވިދާޅުވީ އެތެރޭގެ އެކި މަޝްވަރާތަކާއި އަދި ސަރުކާރުގެ ފަރާތުން އެންމެ މުހިންމު ބަސްތައް ވިދާޅުވާ ބޭފުޅަކީ ފައްޔާޒް ކަމަށެވެ. އަދި ވިދާޅުވީ ފައްޔާޒަށް ތަފާތު އެކި ނަންނަތައް ބޭނުން ކުރަނީ، އިންތިހާބާއި މެދު ވާދަވެރިން ބިރު ގަންނާތީ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ހައްގު ބަސް ބުނާ މީހާ ބަކީކޮށް، އެއްފަރާތް ކުރުމަކީ ޒަމާނުއްސުރެ އޮތް ސަގާފަތެއްގެ ގޮތުގައި ތުހުމަތުކޮށް އިސްމާއިލް ވިދާޅުވީ ބައެއް ބޭފުޅުން ފައްޔާޒާއި މެދު ހިތްހަމަނުޖެހެނީ އެއީ އުސޫލާއި އެއްގޮތަށް އަމަލު ކުރާ ބޭފުޅަކަށް ވުން ކަމަށެވެ.

އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެއްގޮތް ކަންކަމުގެ ތެރޭގައި ފައްޔާޒާއި އިންތި އަކީ ވެސް ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ބަދަލު ކުރުމުގައި މަގުމަތީ ޕާޓީއަށް ޓަކައި އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ދެބޭފުޅުންކަން ކޮންމެ މެމްބަރަކު ވެސް ގަބޫލު ކުރާކަން އިސްމާއިލް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އިސްމާއިލް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ އެކި ތުހުމަތުތައް ޕާޓީގެ މެމްބަރުންނަށް ވެސް ކުރެވޭއިރު ފައްޔާޒާއި އިންތިއަކީ އެފަދަ އެއްވެސް ލިސްޓެއްގައި ހިމެނޭ ބޭފުޅުންނެއް ނޫން ކަމަށެވެ.

ހަމައެއާއެކު މިވަގުތު ގެންނަން ބޭނުންވާ ބަދަލަކީ ޕާޓީ ހިންގާލުން ކަމަށާއި ފައްޔާޒަކީ ހިންގުންތެރި ބޭފުޅެއްކަމަށް އިސްމާއިލް ވިދާޅުވި އެވެ. ފައްޔާޒްގެ ހިންގުންތެރިކަމަށް ހެކިދޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އިސްމާއިލް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ޕާޓީ ހިންގުން މަޑުޖެހިފައި ވަނިކޮށް މެމްބާޝިޕް އިތުރުކުރުމުގެ ގޮތުން ގްރޫޕެއް ހައްދަވައި އަމިއްލަފުޅަށް އިސްނަންގަވައިގެން ޕާޓީ ދިރުވުމަށް ފައްޔާޒް ކުރެއްވި މަސައްކަތެވެ.

އިސްމާއިލް ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ފައްޔާޒް ކުރައްވަނީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތެއްކަމަށާއި އެކަން ރާއްޖެއާއި ރާއްޖޭގެ ކައިރި ގައުމުތަކުން އެނގިގެން ދާނެ ކަމަށެވެ. އިސްމާއިލް އެ އިޝާރާތް ކުރެއްވީ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި ކޮވިޑު-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތަށެވެ.

ރާއްޖޭގެ ކުދި ވިޔަފާރިތައް ނުހުއްޓި ކުރިއަށް ދިއުމާއި ވަޒީފާތަކުން ވަކިކުރި ފަރާތް ތަކަށް މެދުކެނޑުމެއް ނެތި އެލަވަންސް ލިބިފައިވަނީ ފައްޔާޒްގެ މަސަައްކަތުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: