ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުން ނިންމާނީ ހައްގުތަކައިގެން ކުރިއަށްދާނީތޯ ނުވަތަ ހިފެހެއްޓިގެންދާނީތޯ: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ލަނީ ރައްޔިތުންގެ ހައްގުތަކައިގެން ކުރިއަށް ދިއުމާއި އެ ހައްގުތައް ހިފެހެއްޓުމާއި ދެމެދުކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކެމްޕެއިން ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކެމްޕެއިން ދަތުރުތަކުގެ އަލީގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ސަރުކާރުގެ އަނިޔާވެރިކަން ފެތުރިފައިވާކަން ފެނިވަޑައިގެންފައިވާކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށްވެސް އެކަން ވިސްނި އެކަމަށް ނޫނެކޭ ބުނަމުންދާ މަންޒަރުވެސް ފެނިވަޑައިގަނަންވަމުންދާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގެ ކުރިމަގު އޮތްގޮތް ވަރަށް ސާފުކަމަށެވެ. އޭނާ ވިދާޅުވީ، އެޕްރިލް 21 ވަނަ ދުވަހު ލާ ވޯޓަކީ މިހާ ހިސާބަށް ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުވެފައިވާ ހައްގުތަކައިގެން ކުރިއަށް ދިއުމާއި އެ ހައްގުތައް ހިފެހެއްޓިގެންދިއުމާއި ދެމެދު ލެވޭ ވޯޓެއްކަމަށެވެ. އޭނާ ވިދާޅުވީ ވޯޓުން ނިންމާނީ އެ ހައްގުތައް ދިފާއުކުރާނީތޯ ނުވަތަ އަނެއްކާވެސް އަނިޔާވެރިކަމުގެ ތެރެއަށް ރުޖޫއަވާނީތޯ ކަމަށެވެ. އެހެންނަމަވެސް ފެނިވަޑައިގެންފައިވާ މަންޒަރުތަކުން ރާއްޖޭގެ ރައްޔިތުން އެފަދަ ދުވަސްތަކެއްގެ ތެރެއަށް އަނބުރާ ވެއްޓިގެންދިއުމަށް ބޭނުން ނުވާކަން ޔަގީންވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ޕާޓީގެ މެމްބަރުން ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އިންތިހާބަށްޓަކައި ކުރަމުން އައި މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. ފައްޔާޒް ވިދާޅުވީ، 21 ވަނަ ދުވަަހަކީ އަނެއްކާވެސް ތިލަފަތަށް ވޯޓުދީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހަވާލުކޮށްގެން ރައްޔިތުންގެ ސަލާމަތާއި ކުރިއެރުމާއި ކަށަވަރުކުރުމަށް ވޯޓުގެ ބޭނުން ހިފަންވީ ވަގުތުކަމަށެވެ. އަދި އެ މަގު ފަހިކޮށްދެއްވުމަށް އެންމެހާ ފަރާތްތަކުގެ ކިބައިންވެސް އެދިވަޑައިގަންނަވާކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: