ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ ދަތުރުގައި އަނޑި ނޭނގޭ އެއްބަސްވުންތަކެއްގައި މި ސަރުކާރުން ސޮއިކޮށްފި: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޗައިނާ ދަތުރުފުޅުގެ ތެރެއިން ހަގީގަތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މައުލޫމާތު ދިން ގޮތުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރީ 20 އެއްބަސްވުމެއްގައެވެ. ނަމަވެސް ފައްޔާޒް ވިދާޅުވި ގޮތުގައި 30 އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހދ. މަކުނުދުއާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.

މިކަމުގެ ހަގީގަތް ރައްޔިތުން އެނގެން ބޭނުންވާކަމަށް ފާހަގަކޮށް ފައްޔާޒް ގޮވާލީ ހަގީގަތް ހާމަ ކުރެއްވުމަށެވެ. ފައްޔާޒް ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން އުޅެނީ މަކުނުދޫ ސަރަހައްދު ބަޔަކަށް ދޭންށެވެ.

އަޅުގަނޑުމެން ބަލަން ބޭނުންވޭ ފުށިދިއްގަރަށް ބޮޑުތިލަދުންމަތީގެ އެންމެން ގެނެސް އަޅާލައިފައި މަކުނުދޫ ހިސާބު ކޮންބަޔަަކަށް ދޭން، ކީއްކުރަައްވަންތޯ އުޅެނީ.

ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިންޑިއާއާއިއެކު 100 އެއްބަސްވުން އޮތުމުން އެއީ ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރި ބައެއްގެ ވެރިކަމުގެ ފުރަތަމަ ދެ މަސް ދުވަސް ތެރޭގައި ޗައިނާއާއިއެކު 20 އެމްއޯޔޫގައި ސޮއިކުރުމުން ފައްޔާޒް ފާޑު ވިދާޅުވިއެވެ. އިންޑިއާއާއިއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގޮތް ނޭނގޭ އެތައް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާކަމަށް ބުނެ، ދެއްކި ވާހަކައިގެ ހަގީގަތް އަދިވެސް ނޭނގޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ އޭރު އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީއިން ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައެވެ. ރާއްޖޭގެ ވެލިފުކެއް ގެއްލޭވަރުގެ ކަމެއްވެސް އެމްޑީޕީއިން ކޮށްފައި ނޯންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ދެ ފުށް ފެންނަ، ހާމަކަން ބޮޑު ވެރިކަމެއް ކުރެއްވުމަށް ވެވަޑައިގެން ވައުދު މި ސަރުކާރުން ފުއްދާފައިނުވާކަމަށެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށް ބުނެ، އެކަމާއި ދެކޮޅަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީއިން ވަރަށް ބޮޑަށް އަޑު އުފުލިއެވެ. ގޮތް ނޭނގޭ އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ދިގު މުއްދަތަކަށް ހަތިޔާރާއި އެކު އިންޑިއާ ސިފައިންނަށް ތިބުމުގެ ފުރުސަތު ލިބުމާއި އަދި އެ ނޫން ވެސް ހާއްސަ އިނާޔަތްތަކެއް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ކުރާ ތުހުމަތުތައް އޭރު އެމްޑީޕީގެ ސަރުކާރުން ދޮގު ކުރިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް މުއިއްޒުވެސް ވަނީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމަށް ގެއްލުން ލިބޭ ގޮތަށް އިންޑިއާއާއިއެކު އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: