ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް ދަނީ އެމްޑީޕީއިން ފެށި މަސައްކަތްތައް އެކަނި، އައު އެއްކަމެއްވެސް ނުކުރޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްދަނީ އެމްޑީޕީއިން ފަށައި ފައިސާވެސް ދައްކާފައިވާ މަސައްކަތްތަކެއް ކަމަށާއި ވެރިކަމަށް ހަ މަސް ދުވަސްވީއިރު ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އަމިއްލަ އެއްވެސް މަސައްކަތެއް ކުރެއްވިފައިނުވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން އައްޑުސިޓީ ފޭދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒްވަނީ ސަރުކާރަށާއި ރައީސް މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް ހަ މަސް ދުވަސްވެފައިވާއިރު ސަރުކާރުން އަމިއްލަ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށެވެ. އަދި އައްޑޫގެ އެކި ސަރަހައްދުތަކުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކަކީވެސް އެމްޑީޕީގެ ވެރިކަމުގައި ފަށައި ފައިސާ ދައްކާވެސް ނިންމާފައިވާ މަސައްކަތްތަކެއްކަމަށް ފާހަގަކުރެއްވިއެވެ.

ފައްޔާޒްވަނީ ހަންކެޑައިގެ މަސައްކަތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަކީ ޗައިނާގެ ކުންފުންޏަކާއި އެމްއެފްއެމްސީ ކިޔާ ކުންފުންޏަކާއި ދެމެދު ސޮއިކުރެވިފައިވާ 140 މިލިއަން ޑޮަލަރަށްވުރެ އަގު ހުރި މަޝްރޫޢުއެއްކަމަށެވެ. އަދި ބައެއް ނޫސްތަކުން އެމްއެމްޕީއާރްސީކަމަށް ރިޕޯޓުކޮށްފައިވަނީ ގޯސްކޮށްކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ކިޔާ ކުންފުންޏަކާއިއެކު އެމްޑީޕީގެ ސަރުކާރުގައި އެއްބަސްވުމެއް ހަދާފައި ނެތްކަމަށް ރިޕޯޓުތަކުގައި ވާކަމަށެވެ. އަދި އެއީ ތެދު ވާހަކައެއްކަމަށާއި ސަބަބަކީ އެއްބަސްވުން ގާއިމުކުރެވިފައިވަނީ އެފްއެފްއެފްސީ ކިޔާ ކުންފުންނަކާއި އެކުކަމަށްވުންކަމަށް އަލިއެޅުއްވިއެވެ. ފައްޔާޒް ވިދާޅުވީ، އެ ކުންފުންޏަކީ ހަންކެޑެގެ ވެރިންކަމަށާއި އެހެންކަމުން އެހެން ކުންފުންޏަކާއިއެކު ސޮއިކުރެވޭނީ އެ ކުންފުންޏަށް ނޫންތޯވެސް އެއްސެވިއެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ޗައިނާގެ ކުންފުންނަކާއެކު ވެވުނު 142 މިލިއަން ޑޮަލަރުގެ އެއްބަސްވުމުގެ ދަށުން އެއްހާސް ކޮޓަރި ނުވަތަ 2000 ވަރަކަށް އެނދު އެތަނުގައި ހެދުމަށް ނިންމާފައިވާކަމަށާއި އެމްޑީޕީއިން ރާވައި ޕްލޭންކުރީ ވަކި ވަކި ހޮޓާތަކެއްގެ ގޮތުގައި ބިނާކޮށް އެއްކޮށް ނިންމުމަށްފަހު ކުދި ވިޔަފާރިވެރިންނާ އެތަން ހަވާލުކޮށްގެން ވިޔަފާރިކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުމަކަށް އައި ދުވަސްވަރުގެ ތެރޭގައި އެމްއެފްއެމްސީއިންވަނީ ޗައިނާއަށް ގޮސް މަޝްރޫޢުއަށް ފައިނޭންސްކުރާ ބެންކާއިއެކު އެގްރީމެންޓުތަކުގައިވެސް ސޮއިކޮށްފައިކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އެކަން ދޮގުކުރަމުންދާކަމަށާއި އޭނާ މި ވާހަކަތައް މީގެ ކުރިން ދެއްކި ޖަލްސާއަށްފަހު ސަރުކާރުން އަވަސް އަރުވާލައިގެން މި މަހުގެ 15 ވަނަ ދުވަހު މަޝްރޫޢު ފެށުމަށް މީހުން ގެނައުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެތަނަށް ހަންކެޑެ ނުކިޔަސް އެމްޑީޕީއަށް ވަރިހަމަކަމަށް މީގެ ކުރިން ޖަލްސާއެއްގައިވެސް ދަންނަވާފައިވާނެކަމަށެވެ. އަދި އެތަނަށް “ރާޖުކެޑަ” ކިޔައިގެން ނަމަވެސް ބޭނުންވަނީ އެތަން ހަދަންކަމަށާއި އެމްޑީޕީއިން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސައްވުރުކުރެއްވި ގޮތުންގެ މަތިން އައްޑު އަތޮޅުގެ އިގްތިސާދު އުދުއްސައިގަންނާނެ މަގު ރައީސް މުއިއްޒުގެ ސަރުކާރުން ފަހިކުރުމަށްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރަން ބޭނުންވާނެ ހުރިހާ ކަމެއް ނިމިދިޔަ ސަރުކާރުންވާނީ އިންތިޒާމުކޮށް ނިންމާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: