ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު އިންތިހާބު ބޭއްވުމަކީ ވޯޓުދިނުމުގެ ޙައްޤުގެ ބޭނުން ކުރުމަށް ދަތިކުރުން: ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބު ރަމަޟާން މަހު ބޭއްވުމުން ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުން ކުރުމަށްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާޙް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގް ކުރައްވާފައި ނުވާތީއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެންކަމަށެވެ.

ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާން މަހު ބޭއްވުމުން އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުން ކުރުމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ތެރޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާތީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުން ވަނީ ގާނޫނަށް މާއްދާއެއް އިތުރުކުރުމަށް ނިންމާ، އެގޮތަށް ފާސްކޮށްފައެވެ. އެއީ ރަމަޟާން މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވުމަށް ގާނޫނުން މަތިވާ ގޮތަށް ގެނައި އިސްލާހެކެވެ. މިހާރު މި އިސްލާހު ފާސްކޮށް، ރައީސުލްޖުމްހުރިއްޔާއަށް ތަސްދީގު ކުރުމަށް ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: