ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނާއި ހިލާފުވެއްޖެ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ހިލާފުވެއްޖެއެވެ.

ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި ޒަމާންވީ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ގައުމުގެ މިނިވަންކަމާއި، ސިޔާދަތު، ރައްކައުތެރިކަމާއި އަމާންކަން އަދި ސުލްހަމަސަލަސްކަން ދެމެހެއްޓުމައްޓަކައި، ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވުމުން، ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން، ހިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި، ރައްޔިތުންގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެއްކަމަށް ގާނޫނުގައި ވެއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި، މީހުންގެ ތެރޭގައި، ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި، އެފަދަ އަމަލުތައް ހިނގުމަކީ މަނާކަމެއް ކަމެކެވެ. އަދި ހިންގަން އުޅުމަކީވެސް މަނާކަމެކެވެ.

ޔޯގާ އަކީ ޝިރުކެއްކަމަށް ފާހަގަކޮށް އަދާލަތު ޕާޓިއިން ނެރުމުން އެކަމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު ވާހަކަ ދެއްކެވުމާއި ގުޅިގެން، ދީނީ އިލްމުވެރިން ވަނީ އެކަމަށް ނުރުހުން ފާޅުކުރައްވާފައިއެވެ.

އެގޮތުން، ދީނީ އިލްމުވެރިޔާ އަލީ ޒައިދުވަނީ، ރައީސް ނަޝީދު ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަން ހިމާޔަތް ކުރާ ގާނޫނާއި ހިލާފުވެފައިވާކަމަށް ފާހަގަކުރައްވާ، އެ މަނިކުފާނުގެ މައްޗަށް ކަމާއިބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހިފައިވާކަމަށް ވިދާޅުވެފައިއެވެ.

ވަކި ބައެއްގެ ފަލްސަފާއަކީ ދީނީ ހުކުމެއްކަމަށް ގަބޫލުކުރައްވަންދަތި ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި، އަލީ ޒައިދު ވިދާޅުވީ، ޔޯގާ އަކީ، ހިންދޫއިންގެ އަޅުކަމެއްކަމަށެވެ. އަދި ރައީސް ނަޝީދު، ދީނީ ފަތުވާތައް ދެއްވަމުންދާއިރު، އެ ފަދަ ކަމެއް ކުރުމަށް އެ މަނިކުފާނަށް ހުއްދައެއް ލިބިގެން ނުވާކަމަށާއި، ދައްކަވަމުންދާ ވާހަކަތަކުން، ދީނީ ގޮތުން، މުޖުތަމައުގެ ތެރޭގައި ބައިބައިވުންތައް އުފެދޭކަމަށްވުމުން، އެ މަނިކުފާނުގެ މައްޗަށް ކަމާއި ބެހޭ މުއައްސަސާތަކުން ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށްވެސް އަލީ ޒައިދު ފާހަގަކުރެއްވިއެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ފަރާތުން، ޔޯގާ އާއިމެދު ނެރުނު ފަތުވާއާއި މެދު ރައީސް ނަޝީދު ވިދާޅުވީ، ޔޯގާ އަކީ، ޝިރުކެއްކަމަށް ދަންނަ ބޭކަލުންގެ އިޖުމާއުއެއް ނެތްކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔޯގާއާއި މެދު އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، އެ މަނިކުފާނަށްވަނީ ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢަދާލަތުން ތިކިޔާ އެއްޗަކާ މާތްކަލާނގެ އަޅުތަކުންނަށް ކުރަން އެއންގެވި ކަންތަކާ ނުކުރަން އެންގެވި ކަންތަކާ ތަފާތު. ހިވާކަހަލަ އަދާލަތުން މި އަންގަނީ އެމީހުންނަށް ވަހީ ލިބިގެން އަންގާ ކަންތައްތަކެއްހެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: