ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިމެނުމަށް ޔޫއެންޑީޕީ އިން ޓެބްލެޓް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ޔޫއެންޑީޕީ އިން 20 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

މިތަކެތި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަށް ހަދިޔާ ކޮށްފައިވަނީ  މިދިޔަ އަހަރުގެ އިންފޯމަލް ސެކްޓަރ ސާރވޭ  ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައެވެ.

ޔޫއެންޑީޕީގެ ފަރާތުން ޓެބްލެޓްތައް ހަދިޔާކޮށްދެއްވީ ރެޒިޑެންޓް ކޯޑިނޭޓަރު އެންރިކޯ ގަވޭލިއާއެވެ. ޓެބްލެޓްތަކާއި އެމްބީސީގެ ފަރާތުން ހަވާލުވީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހުސައިން އެވެ.

ޔޫއެންޑީޕީ އިން ޓެބްލެޓްތައް ހަދިޔާ ކޮށްފައިވަނީ ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލް ކޮށް ކުރިއަށްގެންދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ބޯހިމުނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 13 އިން 25 އަށެވެ. އެމްބީއެސް އިން ބުނީ ސެޕްޓެމްބަރު 25 ގައި ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ނިންމާލުުމަށްފަހު ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

ބޯހިމެނުމުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: