ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ކުރެވޭ ޒިނޭގެ ތުހުމަތު ތަހުގީގު ކުރުމަށް މަގާމުން އެކަހެރިވާން ޖެހޭ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ސަލާން ކުރައްވަނީ: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެ މައްސަލަ ތަހުގީގު ކުރުމަށް ޖާގަ ދެއްވުމުގެ ގޮތުން ވަގުތީ ގޮތުން ނަމަވެސް ރައީސް ސާލިޙް މަގާމުން އެކަހެރިވުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ރައީސް ސާލިޙް ބަދުއަހުލާގީ އަމަލުތަކެއް ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިމައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާ ކަމަށެވެ.

އެގޮތުން  މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް މަޤާމުން އެކަހެރިވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މިވަރުގެ ބޮޑު ތުޙުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫންކަން ފާހަގަ ކުރައްވާ އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ  މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދެއްވުން އެދޭ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ނުރުހުން ފާޅު ކުރައްވަމުންނެވެ. އަދި ސަރުކާރުން ނާޒިމް ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް، ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ބޭނުންފުޅުވީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ. އެއަށް ފަހު ނާޒިމްގެ ބަންދު ޖެހުމުން އަނެއްކާވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ސުވާލުކޮށް ރައީސް ނަޝީދު ވިދާޅުވީ، އަންހެން ކުއްޖާއަކީ އާއިލީ ގާތް ކުއްޖެއްކަމަށާއި، އެ ކުއްޖާއަށް ހަމްދަރުދީވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ތުހުމމަތު ކުރެއްވީ އަލަމްގިރިއާއި އެކު ގުޅުން ހިންގި އެހެން މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ހޫނުވީ ރައީސް ނަޝީދު ފޮނުވި މެސެޖުތަކުގެ ސަބަބުންނެވެ. ރައީސަށް ތުހުމަތުތަކެއް ކުރުމުން، އެކަމާއި ދެކޮޅަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ހެކި ނުވަތަ ފޮޓޯތަކެއް ހުރި ނަމަ އެކަން ފުލުހަށް ހުށަހަޅަން ވީކަމަށެވެ. އަދި ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝީދު ހުންނެވީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ގުރޫޕަށް ރައީސް ސޯލިހުގެ ފޮޓޯތައް ފޮނުވަން ވީތޯ ތަކުރާރު ކުރަން ފެށުމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވެސް ވަނީ ފޮޓޯ ހުރިއްޔާ އެ ފޮޓޯއެއް ފޮނުވުމަށް ގޮވާލާފަ އެވެ. ރޮޒެއިނާ ވަނީ އެމްޑީޕީ ހަލާކުވަނީ ރައީސް ނަޝިދާއި ހެދިކަމަށް ވެސް މިރޭ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: