ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ހިލާފުވާ މީހުންގެ މައްޗަށް ފުލުހުން ފިޔަވަޅު އަޅާކަން އަޅުގަނޑު ކަށަވަރު ކުރަން: އިމްރާން

އެމްޑީޕީގެ ޕޯޑިއަމެއްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މުޑުދާރު އަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ މައްޗަށް، ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މުއައްސަސާއިން ފަސްނުޖެހޭނެކަން އެނާ ކަށަވަރުކުރައްވަމުންދާކަމަށް، ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުން ހިންގުންފަދަ އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ހާމަވެ، 250 މީހަކު ހިމެނޭހެން ލިވާތު ކުރުމުގެ މައްސަލައެއް ފެންމަތިވެ، އެ ކަމާއި ގުޅުވައި ބަޔަކު މީހުން ހައްޔަރު ކުރިިކަމަށް މީޑިއާތަކުން ރިޕޯޓުކުރުމުން އިމްރާން ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ފުލުހުންގެ މުއައްސަސާއިން ގާނޫނީ ފިޔަވަޅުތައް އަޅަމުންދާކަން އެނާ ކަށަވަރުކުރައްވަމުންދާކަމަށެވެ.

ލިވާތުކުރުންފަދަ ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރު ކުރަމުންދާކަމަށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އެހެން ނަމަވެސް، ޖިނާއީ އަދުލު ހިންގުމަކީ، ހަމަ އެކަނި ފުލުހުންގެ މުއައްސަސާގެ އަތްމަތީ އޮތް ކަމެއް ނޫންކަމަށެވެ. އަދި އަދުލު އިންސާފުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހާ މުއައްސަސާތަކުން ﷲ އަށް ބިރުވެތިވެ، ޒިންމާ އަދާކުރައްވަންޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އިމްރާން ހޯމް މިނިސްޓަރުކަމުގެ ޒިންމާ އަދާކުރައްވަމުންދާކަމަށް ވިދާޅުވީ އިރު، ދާދި ފަހުން ލީކުވި ވީޑިއޯތަކުގެ މައްސަލައިގައި އެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ދޫވެފައިވާކަމަށް ބުނެ އެނާ އަށްވަނީ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ މަޝްހޫރު ލޯޔަރު ނާޒިމް ސައްތާރުގެ އިތުރުން ނޮޅިވަރަންދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް ފުލުހުންގެ މުއައްސަސާއިންވަނީ  އޮޕަރޭޝަނެއް ފަށާފައިއެވެ. އަދި ކޯޓު އަމުރެއް ނެރެފައިވާކަން އެނގިގެން ނާޒިމު ސައްތާރު ފިލުމަށް ރިސޯޓަކަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: