ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގައި ނޭކުރެންދޫ ޖަލުގެ މަސައްކަތް ނުނިމޭނެކަމަށް މިނިސްޓަރު އިމްރާން އެއްބަސްވެއްޖެ!

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ނޭކުރެންދޫގާއި ޤާާއިމްކުރުމަށް ސަރުކާރުން ވައުދުވެފައިވާ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނުނިންމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްބަސްވެ ވަޑައިގެންފިއެވެ.

ލިޔުމުން ޖަވާބު ހޯއްދުމަށް އެދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަޖިލީހަށް މިނިސްޓަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނީ ޖަލުގެ ވަށާފާރުގެ މަސައްކަތާއި ޖަލު ކުރެހުމުގެ މަސައްކަތް އެކަނި ކަމަށެވެ. އެ މަސައްކަތް ލަސްވި ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ ގިނަ ސަބަބުތަކެއް ވެސް ސިޓީގައި ހިމެނުއްވި އެވެ.

”މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް އުއްމީދުކޮށް އެ ޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލުކޮށް ކުރެހުމުގެ މަސައްކަތްތައް،” މަޖިލީހަށް ފޮނުއްވި ސިޓީގައި އިމްރާން ވިދާޅުވި އެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތް ލަސްވާ މައިގަނޑު ސަބަބެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވީ ކޮންކަމެއް؟

ނޭކުރެންދޫ ޖަލު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައިގަނޑު އެއް ސަބަބެއްގެ ގޮތުަގއި މިނިސްޓަރު އިމްރާންގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ،  ސަރުކާރުގެ ބަޖެޓުގައި ހިމެނި ފައިސާގެ އަދަދު މަދުވުމެވެ. މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ކަނޑައަޅާފައި އޮތީ 10 މިލިޔަން ރުފިޔާ ކަމަށާއި އަންނަ އަހަރަށް ވެސް ހިމަނާނީ 10 މިލިޔަން ރުފިޔާކަމަށް މިނިސްޓަރުގެ ޖަވާބުގައި ވެއެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިނިސްޓަރު އިމްރާން އަބްދުﷲ 2020 ވަނަ އަހަރު ވެސް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި އެވެ. އެ މަސައްކަތް ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ 24 ޖޫން 2020 ގައި ބޭއްވި އެ ޖަލްސާގައި ވެސް ރާއީ ސުވާލުކުރެއްވި އެވެ. އެ ދުވަހު ވެސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެ ވައުދު ފުއްދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: