ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރްއާ އެއްކޮށް އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި އެމައްސަލަ އާއި ގުޅިގެން  45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކުރެވިފައި ވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ފުލުސް އޮފިސަރެއް ކަމަށްވެއެވެ.

މިމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަކަމަށް ފާހަގަކުރެވޭތީ މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯއާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް  ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް ފުލުހުންގެ ހިދުމަތުން މަސައްކަތް ކުރަމުންދާ ކަމަށާއި  އެގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި ފުލުހުން ބަލަމުންދާ ކަމުގައި އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ޤަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތެއްކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން ދާ ކަމުގައި ފުލުހުން  މިއަދު މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ބަޔާން ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: