އަމިއްލަޔަށްވެސް ހައްޔަރުވާން ހިނގައިދާނެކަމަށް ރައްޔިތުން މަޖިލީހުގެ ހެނވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަންދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އައެމްޑީޕީގެ ވަޓްސްއެޕްގުރޫޕެއްގައި އަނދުން ހުސައިން މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު ކޯފާއިސްކުރައްވާ އެފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ އެހެން ފަރާތްތައް ހައްޔަރު ނުކޮށްގެން ޝަކުވާ ކުރެއްވުމުންނެވެ. ވަޓްސްއެޕް ގުރޫޕަށް މެސެޖުކުރައްވަމުން ނަޝީދު ވިދާޅުވީ އެފަދަ ފޮޓޯތައް ހުރި އެހެން ފަރާތްތަކުގެ މައްސަލަ ނުބަލާ ހަމައެކަނި ނާޒިމްގެ މައްސަލަ ބަލަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
ނަޝީދު އެ ތުހުމަތު ކުރައްވަނީ އަނދުން ހުސައިން ކަމަށް ބެލެވޭ މީހަކު އިތުރު ފިރިހެނަކާއި އަންހެނާއެކު ބަރަހަނާކޮށް އޮންނެވި ފޮޓޯއެއް އާއްމުވެ އަނދުން ހުސައިން އާއިމެދު އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުންނެވެ.
އެއާއެކު އެއަށް ރައްދުދެއްވާ އަނދުން ހުސައިން ވިދާޅުވީ އެބޭފުޅާ އަމިއްލައަށްވެސް ހައްޔަރުވެދާނެކަމަށެވެ.
“ރައީސް ނަޝީދު އަބަދު އަޅުގަނޑަށް އެހާ ކޯފާވެގެން ބަސްވިދާޅުވީމަ ވަރަށް ދެރަ“ އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން ހުސައިން އިތުރަށް ވިދާޅުވީ އެބޭފުޅާއަށް މި ސަރުކާރުގައި ކުރެވުނު އަދި ކުރެވޭނެ ކަމެއް ނެތޭ ނަޝީދު ވިދާޅުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެކަމަށެވެ.
ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝިދު ވަނީ އެކަމަށް ނުރުހުންފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ.

