މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ބިންދޭތީ މަދު ބަޔަކަށް މިކަމުން ކުރާ އަސަރު ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޗެއާޕާސަންގެ މަޤާމު އަދާކޮށްފައިވާ މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާތެރޭވެސް މިކަމުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައި ޓުވީޓުކުރައްވާ ރީކޯ ވިދާޅުވީ މާލެއިން ދިރިއުޅުމަށް ބިން ދޭތީ އެކަމުން މަދު ބަޔަކަށް ކުރާ އަސަރު ފެންނަ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ކަނޑާފައި ބިމެއް ނުވިއްކާކަމަށެވެ.
މާލޭރައްޔަތުންނަށް ދިރިއުޅުމަށް ބިންދޭތީ މަދު ބަޔަކަށް މިކަމުން ކުރާއަސަރު އެބަފެނޭ ރާއްޖޭގެ އެއްވެސް ރަށަކުން ދިރިއުޅުމަށް ގޯތިކަނޑާފަ ބިމެއް ނުވިއްކާ؟މާލޭރައްޔަތުންނަށްވެސް ދިރިއުޅުމަށް ބިންވިއްކަންވާނީ ރާއްޖޭގެ ހުރިހާ ބިމަކުން ސަރުކާރަށްއަގު ނަގާފައޭތަ މިބުނަނީ
— Moosa Maniku (Reeko) (@ReekoMoosa) August 2, 2022
އަދި މާލޭ ރައްޔިތުންނަށްވެސް ދިރިއުޅުމަށް ބިން ވިއްކަންވާނީ ރާއްޖޭގެ ހުރިހާ ބިމަކުން ސަރުކާރަށް އަގުނަގާފައިތޯއޭ ވިދާޅުވެ ރީކޯވަނީ ސުވާލު އުފައްދަވާފައެވެ.
ހުޅުމާލޭބިން ވަކިބަޔަކަށް ހިލޭދޭވާހަކަ މަޖްލިސްމެމްބަރަކު މިވިދާޅުވަނީ މާލެއަށް އުފަންމާލޭގެ ރައްޔަތުންނަކީ ވަކިބައެއްތޯ؟އެހެންރަށެއްގެ ބިންހިއްކާފަ އެރަށުރައްޔަތުންނަށް ދޭވާހަކަ ބުނީމަ އެއީ ވަކިބައެކޭބުނެވޭތޯ ؟އެއީ އެރަށު މީހުން ދިވެހިރައްޔަތުން؟
— Moosa Maniku (Reeko) (@ReekoMoosa) August 2, 2022
މީގެ އިތުރުންވެސް ރީކޯގެ ޓުވީޓެއްގައިވަނީ ހުޅުމާލޭބިން ވަކި ބަޔަކަށް ހިލޭ ދެވޭވާހަކަ މަޖިލިސް މެންބަރަކު ވިދާޅުވިއިރު އެފަދައިން މާލޭ ރައްޔިތުންނަށް ހިލޭ މާލެއިން ބިން ދެވެން ނެތީ މާލޭ ރައްޔިތުންނަކީ ވަކި ބައެއް ވީމާތޯ އޭ އައްސަވާ ރީކޯ ވަނީ ސުވާލު އުފައްދަވާފައެވެ.

