ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންގޫޖެހޭ ކުޑަކުދިންގެ ހާލު ސީރިއަސް ވާތީ ޑރ. ފައިސަލްގެ ކަންބޮޑުވުން!

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަދިރިން ފެތުރޭ ބައްޔެއްކަމުގައިވާ ޑެންގޫ ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެ، އެކުދިންގެ ހާލު ސީރިއަސްވަމުންދާތީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ  ޑރ އަހްމަދު ފައިސަލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން ޑރ ފައިސަލް ކޮށްފައިވާ ޓުވީޓުގައިވަނީ ރޭގައިވެސް އަހަރެއްނުވާ ކުޑަކުއްޖަކަށް ޑެންގޫޖެހި ހާލު ސީރިއަސްވެގެން އައިސީޔޫއަށްލާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެކުއްޖާ ހޮޑުލާއިރު ލޭ އަންނާތީ ލޭވެސް އަޅަންޖެހުނުކަމަށް ޑރ ފައިސަލްގެ ޓުވީޓުގައިވެއެވެ.

މަދިރި އިތުރަށް އާލާވިޔަ ނުދިނުމަށާއި މަދިރި ހެފިޔަނުދިނުމަށް ސަމާލުކަން ދިނުމަށް ޑރ ފައިސަލްގެ ޓުވީޓުގައިވަނީ އިލްތިމާސްކޯށްފައެވެ.

ޑެންގޫ ހުން ޖެހިގެން މިއަހަރު އެއް ކުއްޖަކުވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: