ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހި 19 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިން: އެޗްއީއޯސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެކްސިން ޖެހި19 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިންކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެޗްއީއޯސީން މިރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ ޑރ. އަޙްމަދު ފައިސަލެވެ. ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕްގެ ޗެއަރޕާސަންގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ.ފައިސަލް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހި މީހުންގެ ތެރެއިން އެކި އަސަރު ކޮށްގެން ނަވާރަ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، އެ ނަވާރަ މީހުންނަށް ދިމާވެފައިވަނީ، ބޯ އެނބުރުން ނުވަތަ އެލާޖިކް ރިއެކްޝަންގެ ތެރެއިން ގައިގައި ބިހި ނެގުންކަމަށެވެ.

ޑރ.ފައިސަލް ވަނީ ވެކްސިން ޖެހުމަށްފަހު ހުންއައިސް ގިނަ ދުވަސް ވާނަމަ ޑޮކްޓަރަށް ދައްކައިގެން އެ އަލާމަތްތައް ފެންނަ ސަބަބު ދެނެގަތުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި، ވެކްސިން ދިނުމުގެ ޕްރޮގުރާމް ސަރުކާރުން ފެށިތާ 28 ދުވަސް ވެފައިވާއިރު މިހާތަނަށް 111000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: