ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާރޭ ވެހި ފެންބޮޑުވާތީ، ފެން ހިންދުމަށް ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސް!

މަޖީދީ މަގުގެ ގެއަކަށް ވަދެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމަށް ސަމާލުވުމަށް ހެލްތުޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ފެތުރިގެންދާނެ ބައްޔަކުން ސަލާމަތްވާން، ސަމާލުކަންދޭންޖެހޭ ކަމަށާއި، އެގޮތުން ފެންހިންދުމުގައި އަދި ސާފުކުރުމުގައި ސަމާލުކަން ދިނުމަށެވެ.

ފެންހިންދުމަށް ސާފުކުރުމުގައި ހަރަކާތްތެރިވާއިރު، ރައްކާތެރިވާން ޖެހޭ. މާސްކުފަދަ ތަކެތި ބޭނުންކުރައްވާ އަދި މަސައްކަތް ނިމުމުން ތަކެތި ކޮތަޅެއްގައި ބަންދުކޮށް ރައްކާތެރި ކަމާއި އެކު އުކާލައްވާ

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކުޑަކުދިން ވެސް އެފަދަ ފެންތަކާއި، ކާރިވިޔަނުދިނުމަށާއި، ޖަންގުޝަން ފުރިގެން ނުވަތަ ސެޕްޓިކްޓޭންކް ފުރިއްޖެނަމަ ސާފްކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓްގެ އެހީތެރިކަން ހޯއްދެވުމަށެވެ.

މި މޫސުމަކީ ވިއްސާރަމުސުމެކެވެ. އަދި ވިއްސާރަވުމުގެ ސަބަބުން ވަރަށްބޮޑަށް ވަނީ އެކި ހިސާބުތައް ފެންބޮޑުވެފައެވެ. ހާއްސަކޮށް މާލޭގެ މަގުތައް ވަނީ ފުރިފައެވެ. ކާނުގަނޑުތައްފުރިފައެވެ.

މިފަދަ ކާނުގަނޑުތަކުގައި ގިނައަދަދެއްގެ ޖަރާސީމު ހުންނާނެ ކަމަށާއި، ގަައިގެ ތަނެއް ކަނޑައިގެން ގޮސްފައިވާ މީހެއްނަމަ މިފަދަ ފެންތަކުގައި ނުޖެހުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެ އެޖެންސީން އިލްތިމާސް ކޮށްފަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: