ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސޫން ގޯސް، މުޅި ރާއްޖެ އަށް ހުދު ސަމާލު

މީގެ ކުރިން މާލެއަށް ކުރި ވިއްސާރައެއްގެ ތެރެއިން --- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އާންމުގޮތެއްގައި ވައި މަޑުވާނެ ކަމަށާއި، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެސް ބުނެފައި ވެއެވެ.

ކަނޑު އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ނަމަވެސް ރާޅުގެ އުސްމިން ހުންނާނީ ބޮޑުވެގެން ފަސް ފޫޓާއި ހިސާބުގައި ކަމަށެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުން އެދޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ފަތިހު ވައިޓް އެލާޓް ނެރެފައިވަނީ  4:00 އިން ހެނދުނު 9:00 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށާއި، އަދި ގދ. އަތޮޅަށެވެ. ނަމަވެސް މިހާރު އޮތީ މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށްވާތީ ހުދު ސަމާލު ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: