ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު

ވިއްސާރާގައި ބަޔަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު، ނެރެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މީޓޮރިލޮޖިކަލް ސާވިސް އިން ބުނީ މުޅި ރާއްޖެ އަށްބަލާއިރު މޫސުން އެހާ ގޯސް ނޫން ކަމަށާއި، ނަމަވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެ.

މުޅި ރާއްޖޭގެ ނިސްބަތުން ވިއްސާރަނޫން ކަމަށް ވީނަމަވެސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި، މިހާރުވެސް ދެ އަތޮޅަކަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެވެ. އަދި ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައިވެެއެވެ.

ވަޔާއި ގުޅޭ ގޮތުން އެ އިދާރާއިން ބުނީ އިރު ދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް އިތުރަށް ބުނީ ކަނޑު ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މިއީ ހުޅަނގު މޫސުމުގެ ފަނަރަވަނަ ނަކަތެވެ. ހެއި ނަކަތައެވެ. މި ނަކަތުގެ މުއްދަތަކީ 18 އޮކްޓޫބަރުން 31 އޮކްޓޫބަރެވެ. މިއީ ވައި އެނބުރޭ ނަކަތެކެވެ. މި ނަކަތުގައި ވައިބާރުވެފައި އެކިފަހަރު ވައި ޖެހޭނީ އެކި ދިމާއިންނެވެ. އެކަމަކު ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: