ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދެ ދުވަހުވެސް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

މާލޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުން / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދެ ދުވަހުވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވާއިބާރުވެ ވާރޭ ވެހުނު ނަމަވެސް ކަނޑު އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ މެދުމިން ވަރަކަށް ވެސް ބުނެފައި ވެއެވެ.

މިއަދުވެސް މާލެ ސަހަރައްދަށް ބޯކޮށް ވާރޭވެހިފަވެއެވެ. އެގޮތުން ހެނދުނު ވާރޭ ވެހެންފެށިގޮތަށް ހުއްޓާ ނުލާ ވެހުުގެގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވަފައެވެ. އެންމެ ގިނައިިން މީހުން އެއްވާ އެއްސަރަހައްދެއް ކަމަށް ތާޖުއްދީން ސުކޫލާއި އައިޖީއެމްޗް ސަރަހައްދުުވެސް ވަނީ ހިނގާބިގާވެ ނޫޅެވޭ ވަރަށް ފެންބޮޑުވެފައެވެ.

މެޓުން ބުނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަންވާ ކަމަށާއި، ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: