ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ ހއ. ފެށިގެއިން ގއ. އަށް ހުދު ސަމާލު ނެރެފި

ްފޮޓޯ /ޕީއެސްއެސްއެމ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާއިގައި މޫސުން ގޯސްވެ ހއ. ފެށިގެއިން ގއ. އަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ލޮނުގަނޑު އުފުލޭނީ އެންމެ ބޮޑުވެގެން 4 ފޫޓަށް ކަމަށް ބުނެއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ ބުނެފއެވެ.

މޫސުން ގޯސްވެ ހއ. ފެށިގެއިން ގއ. އަށް ހުދު ސަމާލު ނެރެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުން އެކިރަށްތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ިވެސް ފެން po ބޮޑުވެ ހިނގާބިގާވެ އުޅެން ތަދިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

އެންމެ ބޮޑަށް މާލެގައި ފެންބޮޑުވެފައިވަނީ މާާފަންނު ސަރަހައްދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: