ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ނިންމައިފި

ލޯކަލްމާރުކޭތު ތެރެ - ވަގުތު އިމޭޖަސް: އަމީން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ޞިއްހަތަށް ރައްކާތެރިގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ނިންމައިފިއެވެ.

އެގޮތުން ފެބުރުއަރީ މަހު 18 އިން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުމަަށް ވަނީ ނިންމާފައެވެ. މި ޙަރަކާތް ކުރިއަށް ގެންދަނީ މާލޭ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެންނެވެ.

ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓޭފަދަ ގޮތަކަށް ކަމަށް ކާބޯތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާއި ގެންގުޅުމުގެ މިންގަޑުގައި ހިމަނާފައިވެއެވެ. އަދި ކާބޯތަކެތި އުފުލާ އުޅަނދުގައި ތަކެތި ބަހައްޓާފައި ހުންނަންވާނީ ފެންހަރުނުލ،ާ ފެން ނުފާއްދ،ާ ފަސޭހައިން ދޮވެ ސާފުކުރެވޭ ފަދަ އެއްޗަކުން ހަދާފައިވާ ތަންތަނުގައި ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

ކާބޯތަކެތި އުފުލުމުގައި ބޭނުންކުރަންވާނީ ސާފުތާހިރު ތަކެތި ކަމަށާއި އަދި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ގޮތަށް ހުންނަ އެއްޗެއްނަމަ އެއެއްޗެއް ހަދާފައި ހުންނަންވާނީ ފަސޭހައިން ސާފުކުރެވޭ ބާވަތަކުން ފަސޭހައިން
ސާފުކުރެވޭ ގޮތަށް ކަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ. އެއްފަހަރު ބޭނުންކުރަން ހަދާފައިހުންނަ ޑިސްޕޯސަބަލް ތަކެތި އަލުން ބޭނުން ނުކުރުމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: