ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި

ފައިޒާ ވެކްސިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ވެކްސިން 5 އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށައިފިއެވެ.

ފަސް އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ފައިޒާ ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އަތޮޅު ތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގައި ވެކްސިން ދެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ދަމަނަ ވެށީގައެވެ.

އައިޖީއެމްއެޗުން ވެކްސިން ޖަހައިދެނީ ކޮންމެ އާދިއްދަ ދުވަހެއްގެ ހެނދުނު 8 އިން 10 އަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދު 10 އިން 12 އަށާއި ބުދަ ދުވަހުގެ ރޭގަނޑު 9 އިން 10 އަށެވެ.

ދަމަނަވެށިން ވެކްސިން ޖަހައިދޭނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު ކޮންމެ ދުވަހެއްގެ މެންދުރު 12 އިން 1:30 އަށެވެ. ދަމަނަވެށިން ރޭގަނޑު ވެކްސިން ޖަހައިދެނީ އާދިއްތަ ދުވަހާއި އަންގާރަ ދުވަހުގެ ރޭގަނޑު 9 އިން 10 އަށެވެ.

އެޗްޕީއޭގެ ފަރާތުން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ފަށާފައިވާއިރު، މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަވެ ޕޮޒިޓިވް ކޭސްތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: