ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއައިވީ ޖެހުނު 15 މީހުން ނިޔާވެފައި، 22 މީހުން ބައްޔަށް ފަރުވާހޯދަނީ: އެޗްޕީއޭ

މާލޭގައި އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެޗްއައިވީ ޖެހުނު 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެެވެ.

އެޗްޕީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެޗްއައިވީ ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރައިފައެވެ. އޭގެތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓް ކަމަށްވާއިރު، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެެއް ކަމަށްވާއިރު އެޗްއައިވީން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާވެސް ރާއްޖެގައި ލިބެން ހުންނަ ކަމަށް ބުނެފައިވެއެވެ.

އެޗްއައިވީއަށް ޓެސްޓު ކުރުމަކީ މުހިއްމު ކަމެއްކަމަށާއި، އެގޮތުން ޓެސްޓްކޮށް ބަލި ނެތްކަން ޔަގީން ކުރުމަކީވެސް މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުމަކީ މުހިންމު ކަމަކަށްވާއިރު މީގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެޗްއައިވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔަކަށް ނުވި ނަމަވެސް ކަނޑައެޅިފައިވާ ފަރުވާ ގަވާއިދުން ލިބިގަނެގެން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅެވޭނެ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމަށް ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރެދާނެއެވެ.
އެޗްޕީއޭއިން ވަނީ ބަލި ފެތުރޭނެ ގޮތް ތަކާއި އަދި ބަލި ނުފެތުރޭ ގޮތްތަކުގެ އިތުރުން އެޗްއައިވީ އިން ރައްކާތެރި ވެވޭނެ ގޮތްތައްވެސް ހިއްސާކޮށްފައެވެ.
އޭގެތެރެއިން ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި އަނެކަކު ބޭނުންކުރުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. 
ބަލި ނުފެތުރޭ ކަންކަމުގެ ތެރޭގައި އެޗްއައިވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރޭކަމަށާއި، އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމާއި އަދި އެޗްއައިވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުންވެސް ބަލި ނުފެތުރޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ބަލިން ރައްކާތެރި ވެވޭނެ ގޮތްތަކުގެ ތެރޭގައި އެޗްއައިވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗްއައިވީ ޖެހުމުގެ ފުރުސަތު ކުޑަވާކަމަށާއި، އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު ނުވަތަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުމުން ވެސް އެ ބަލިން ރައްކާތެރި ވެވޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
5%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 48%ހައިރާންވެއްޖެ 19%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީގެ ތެރެއިން އެކަކު އެއުޅެނީ ބާޒާރުމަތީ ސަލާންޖަހާ ހަކުރުބޯން. އޭނާގެ ގައިން ލެޔާ ދޮހާ ފައިބަ ފައިބާ އެހުންނަނީ. ރުޅިއަސިޔާ މީހިންގަޔަށް ކުޅުޖަހާ އެހަދަނީ. އޭނަގެ ފުށުން ކިތަށްމީހުނަށް އެބަލި ޖެހުނުތޯ ބެލުނުނުތަ. ނޫނީ އޭނަ ރައްކާތެރި މާހައުލަކަށް ލުމަށް ކިހާވަރަކައް އުޅުނުނުތަ. ނަންބަރުން ކީ މަ ނިމުނީ. ދެހުރި ކަންތައްތައް ހުރީ އަމާބުނީތީ ފަރަށް ދާއުސޫލުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: