ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވެފައިވަނީ ވަކި ކާނާއެއްގެ ސަބަބުން ނޫން:އެޗްޕީއޭ

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހޮޑުލުމާއި ބޭރަށް ކުއްލިއަކަށް އިތުރުވެފައިވަނީ ވަކި ކާނާއެއްގެ ސަބަބުން ނޫން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މާލޭގައި ކުއްލިއަކަށް އާދަޔާ ހިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ހޮޑުގެ ރޯގާއެއް ފެތުރެމުންދާއިރު ބައެއް ހޮސްޕިޓަލުތަކުގެ އިމަޖެންސީ ރޫމްތައް ވެސް މިހާރު ވަނީ ފުރިފަ އެވެ.

ކުއްލިއަކަށް ހޮޑުގެ ރޯގާއެއް ފެތުރެން ފެށީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓާއެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު އެޗްޕީއޭ އިން މިރޭ ބުނީ މިއީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށާއި މިއީ އެއްވެސް ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެ އެޖެންސީން ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

 

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލި ފެތުރޭތާ ދެ ހަފްތާ ވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ވަނީ ހޮޑުލައި ބޭރަށް ހިންގާ މީހުން ކުއްލިއަކަށް ގިނަވެފައިވާތީ އެކަމުގެ ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބަލީގެ އަލާމާތެއް އުޅޭނަމަ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށާއި ގިނަގިނައިން އަތް ދޮވުމާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: