ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ރަނގަޅަށް: ހައި ކޯޓު

ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ ޝައިހު އާދަމް ނިޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރެވިފައިވަނީ، ސައްހަކޮށްކަމަށް، ހައި ކޯޓުން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި އިންޑިއަން ހައިކޮމިޝަން ގުޅިގެން ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް، އެތަނުގެ ތެރެއަށް ބަޔަކު މީހުން ވަދެ ހިންގާފައިވާ ހަމަ ނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި ޝައިހު ނިޝާން، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރުމަށް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވަނީ، ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރެވިފައިވަނީ ރަނގަޅަށް ކަމަށް ނިންމާފައެވެ.

ޝައިހު ނިޝާން ބަންދުގައި ބެހެެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރު ސައްހަކަމަށް ނިންމާފައިވަނީ، އިސްތިއުނާފުގެ މައްސަލަ ބައްލަވަން ތިއްބެވި ތިން ގާޒީންގެވެސް އިއްތިފާގުންނެވެ.

ޔޯގާޑޭގެ ހަރަކާތެއް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއައީ ޔޫތު މިނިސްޓްރީ އަދި އިންޑިއަން ކަލްޗަރަލް ސެންޓަރާއި، އިންޑިއާގެ ހައިކޮމިޝަންވެސް ގުޅިގެންނެވެ. މި ހަރަކާތުގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން އިންޑިއާގެ ހައި ކޮމިޝަނަރު އަދި އެހެނިހެން ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރުންތަކެއްވެސް ބައިވެރިވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: