ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ރަހުމު ކުޑަ ގޮތަކަށް އަންހެނަކު މަރާފައިވުން ޖެންޑަރ މިނިސްޓްރީން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް އަންހެނަކު މަރާލައި ހިންގާފައިވާ ލާއިންސާނީ އަމަލު، ހަރުކެށި އިބާރާތުން ކުށްވެރި ކުރާކަމަށް، ޖެންޑާރ މިނިސްޓްރީން ބުނެފިއެވެ.

ލާއިންސާނީ ގޮތަކަށް އަންހެނަކު މަރާލާފައިވުން ކުށްވެރިކޮށް ޖެންޑަރއިން ބުނެފައިވާގޮތުން، ގެވެށި އަނިޔާގެ މިފަދަ އަމަލުތަކަކީ ބަލަައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީން އެ އަމަލާއި މެދު ކަންބޮޑުވެ ހިތާމަ ކުރާކަމަށްވެސް ބުނެފައިވެއެވެ.

ރަހުމު ކުޑަގޮތަކަށް އަންހެނަކު މަރާލައިފައިވުމަށް އިޝާރާތްކޮށް، އެ އަމަލުތައް ކުށްވެރި ކުރާކަމަށް ފާހަގަކޮށް ޖެންޑާރއިން ބުނެފައިވަނީ، ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގު ލިބިފައިވާކަމަށެވެ. އަދި ކޮންމެ ނަފްސްކީވެސް ރައްކައުތެރިކަން ލިބިގެންވާ ނަފްސަކަށް ވާންޖެހޭކަމަށްވެސް ޖެންޑާރއިން ބުނެފައިވެއެވެ.

މީގެ އިތުރުން ގެންޑަރއިން ވަނީ މައްޔިތާގެ ފާފަ ފުއްސެވުމަށާއި، ދުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވަން ދުއާ ކުރާކަމަށްވެސް ބުނެފައެވެ. އަދި މި ދަތި ދަނޑިވަޅުގައި އާއިލާއަށް ކެށްތެރިކަން ދެއްވުމަށްވެސް ދުއާކޮށްފައިވެއެވެ. އަދި އާއިލާއަށް ހިމޭން ކަމާއި އެކު ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމަށް ދެކޭކަމަށްވެސް ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: