ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހުމުކުޑަ، ލާއިންސާނީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ހަމްދަރުދީވުމެއް ނެތި ހައްޤު އަދަބު ދޭންޖެހޭ: އިދިކޮޅު

އަންހެން މީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހަޒްމަޓް ސޫޓެއްގައި ފުލުހުންގެ ކާރަށް އަރުވަނީ./ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމުކުޑަ، ލާއިންސާނީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް ހަމްދަރުދީއެއްނެތި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެއްމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ، ޕީޕީއެމް/ ޕީއެންސީން ގޮވާލައިފިއެވެ.

ރޭގެ ވަގުތެއްގައި މާލޭގައި އުމުރުން 22 އަހަރުގެ ޝިއާއު އަނިޔާވެރިގޮތަކަށް މަރާލުމާއި ގުޅިގެން އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ، އެއްވެސް ރަހުމެއްނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖެއް މަރާލާފައިވާ މައްސަލާގެ ކަންބޮޑުވުން ނުހަނު އަސަރާއެކު އެ ކޯލިޝަނުން ފާޅުކުރާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ރަހުމުކުޑަ ލާއިންސާނީ އަމަލު ހިންގި ފަރާތްތަކާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި، ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދާ ތަހުޤީގު އަވަސްކުރުމަށް އެ ނޫސް ބަޔާނުގައިވަނީ ގޮވާލައިފައެވެ.

އަދި، އެފަދަ ބޮޑެތި ކުށްތައް ކުރާ މީހުންނާމެދު އެއްވެސް ހަމދަރުދީވުމެއްނެތި ޤާނޫނުގައި ކަނބޑައެޅިފައިވާ އަދަބު ދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ، ޝިއާއު މަރާލި މައްސަލައިގައި ހައްޔަރު ކުރި ޝާހިލްގެ ބަންދުގެ އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ. އަޑުއެހުން ސިއްރުކުރި ސަބަބާއި ގުޅޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: