ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިމާމަކު ވެސް ސަސްޕެންޑު ކޮށްފި

އެއްޖިންސުން ގުޅުން ހިންގާ ވީޑީއޯތަކުގައި ފެންނަ ކޮޓަރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިމާމަކު ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ގުރޫޕު ހަދައިގެން ބަންގްލަދޭޝްގެ އަލަމްގިރިއާއި އެކު ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުދިމު އެންމެ ފަހުން މަސައްކަތް ކުރީ ހުޅުމާލޭގެ ފޭސް ދޭއެއްގައި ހުޅުވި އާ މިސްކިތުގަ އެވެ. އޭގެ ފަހުން އެނާ މަސައްކަތް ކުރާތަން ސާފެއް ނޫނެވެ.

ދައުލަތުގެ އެކި އިދާރާތްތަކާއި، މުވައްސަަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އިސްވެރިންގެ މައްޗަށް ތުހުމަތުތައް ކުރެވޭކަން ފުލުހުންގެ މުވައްސަސާއިން ވަނީ އަންގާފަ އެވެ. މައްސަލައިގައި ފުލުހުން ބުނީ ދައުލަތުގެ މަގާމުތަކުގައި ތިބި ބައެއް މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި، ތަހުގީގު ކުރިޔަށް ދާކަން އަންގާފައިވާނެ ކަމަށެވެ. އަދި ވީޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެ މީހުންނަށް ގާނޫނީ ނިޒާމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ބުންޏެވެ.

ބަންގްލަދޭޝްގެ ޒުވާން ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާގެ ވީޑިއޯ ލީކުވީ ރޭގެ ވަގުތެއްގަ އެވެ.

މީގެއިތުރުން މި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކާއި، ހޯމް މިނިސްޓްރީގެ އިސް މީހެއްގެ އިތުރުން، އެމްއެންޑީއެފްގެ ދެ މީހަކާއި ފުލުހުހެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މުދިމުގެ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅީ، ފުލުހުން އޭނާގެ މައްސަލައެއް ބަލަމުން ދާކަން މިނިސްޓްރީއަށް އެންގުމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ ހަތަރު މީހެކެވެ. އެއީ ވީޑިއޯތައް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަ އަލަމްގިރީގެ އޭނާއާއި އެކު ގުޅުން ހިންގަނިކޮށް ވީޑީއޯ ލީކުވީ މީހުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެ. އަދި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކުގައި މަސައްކަތް ކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު ހައްޔަރުކޮށްފައި ވަނީ އޭނާ އެހެން މީހަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކުވުމުންނެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. އެެހެންވެ މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މުޖްތަމައުގެ ތެރޭގައި ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައްޔެއް ފެތުރިފައި އޮތުމެވެ. އަދި ކަމާއި އެއްވެސް ގުޅުމެއް ނެތް، އެފަދަ މީހުންގެ އާއިލާގެ މީހުންނަށް ވެސް އޭގެ އަސަރުކޮށްފައި ހުރެދާނެކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ނަމަވެސް އަލަމްގިރީގެ ސިއްހީ އެފަދަ ބައްޔެއް ހުރިތޯ ފުލުހުން އަދި ބަލާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: