ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތައް ރައީސް ޔާމީނަށް ވާގިވެރިވީ ބަންޑާރަ ނައިބު: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނަތަށް ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް މަގުފަހިކޮށްދެއްވިކަމަށް ދޭހަވާ މޭރުމަކުން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަހުމަދު ނާޒިމް ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ ޝަރީއަތުގައި ވާހަކަދައްކަވަމުން، ނާޒިމް ވަނީ، ބަންޑާރަ ނައިބު އަނިލް އެމްއެމްޕީއާރަސީ ހިޔާނާތައް ފަހީވާ ފަދަ އޮޕީނިއަންއެއް ނެރުއްވިކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އެނާ ވިދާޅުވީ، މާލިއްޔަތާއި ބެހޭ ގާނޫނު ބަޔާން ކުރާގޮތުން ދިވެހި ދައުލަތަށް ލިބޭ ހުރިހާ އާމްދަނީ އަކީ، ކޮންސޮލިޑޭޓެޑް ރެވެނިއު އެކައުންޓަށް ޖަމާވާން ޖެހޭ އެއްޗެއް ކަމަށެވެ.

ކޮންސޮލިޑޭޓެޑް ރެވެނިއު އެކައުންޓަކީ، ފިނޭންސް މިނިސްޓަރީ އަދި މޮނިޓަރީ އޮތޯރިޓީ ދަށުގައި އޮންނަ ވަކި އެކައުންޓެއްކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށެއްގެ މުއާމަލާތެއް ކޮށްފި ނަމަ، އެ މުއާމަލާތެއްގެ ފައިސާ ޖަމާވާންޖެހެނީ އެ އެކައުންޓަށް ކަމަށެވެ. އަދި އެ އެކައުންޓަށް ފައިސާ ޖަމާވުމަށް ފަހު، އެ ފައިސާއިން ބޭނުންކޮށް، ހިޔާނާތްތެރިވުންފަދަ އަމަލުތައް ނުހިންގޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ކޮންސޮލިޑޭޓެޑް ރެވެނިއު އެކައުންޓަށް ފައިސާތަކެއް ޖަމާވުމަށް ފަހު، ނަހަމަ ބޭނުންތަކެއް ކުރެވެން ނޯންނާނެކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ރައީސް ޔާމީނަށް އެކަން އިންގިލައްވާތީ، އެ މަނިކުފާނު ބޭނުންވެލެއްވީ، އެމްއެމްޕީއާރްސީއަށް ރަށްތަކެއް ދިނުމަށް ފަހު، އެ ރައްތައް ވިއްކައިގެން ލިބޭ ފައިސާތައް އެ ކުންފުނީގެ އެކައުންޓަށް ޖަމާ ކުރުމަށް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ދައުލުތުގެ މާލިއްޔަތު ގާނޫނުގައި އޮތް އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ރައީސް ޔާމީން އެދިލެއްވިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރްސީއަށް ރަށްތަކެއް ދިނުމަށް ފަހު، ވިއްކައިގެން ލިބޭ ފައިސާތަކަށް ހިޔާނާތްތެރިވުމަށް ރައީސް ޔާމީން މަސައްކަތްތަކެއް ކުރެއްވިކަމަށް ފާހަގަކުރައްވާ، ނާޒިމް ވިދާޅުވީ، އެގޮތުން ރައީސް ޔާމީން މާލިއްޔަތު ގާނޫނުގައި އެކަމާއި ބެހޭގޮތުން އޮތް އުސޫލުތައް އެމްއެމްޕީއާރްސީއަށް ފައިސާ ޖަމާ ކުރެވޭނެކަމަށް މާނަ ކުރައްވަން ބޭނުންވެލެއްވުމުން، އެކަން ފަހިވާ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ލީގަލް އޮޕީނިއަންއެއް ހޯއްދެވިކަމަށެވެ. އަދި އެއަށް ފަހު، ރަށްތައް ވިއްކައިގެން ލިބޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާ ކުރެއްވިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ގާނޫނުގައި ވާގޮތް އޮޅިގެންދާ ގޮތަކަށް ބަންޑާރަ ނައިބުގެ އޮފީހުން ލީގަލް އޮޕީނިއަންއެއް ހޯދަވައިގެން އެމްއެމްޕީއާރްސީގެ ހިޔާނާތްތައް ހިންގާފައިވާކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮޕީނިއަން ހޯއްދެވުމަށް ފަހު، އެމްއެމްޕީއާރްސީއަށް ދެވިފައިވާ ރަށްތައް ވިއްކައި، ފައިސާތައް އެކުންފުނީގެ އެކައުންޓަށް ޖަމާ ކުރިކަމަށެވެ. އަދި އެ ފައިސާއަށް ހިޔާނާތްތެރިވިކަމަށްވެސް އެނާ ވިދާޅުުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމަށްޓަކައި ރައީސް ޔާމީންގެ އެދުމުގެ މަތިން ބަންޑާރަ ނައިބުގެ އޮފީހުން ލީގަލް އޮޕީނިއަންއެއް ދެވިފައިވާކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އެހެން ނަމަވެސް އެ ލިޔެކިއުމުގައި ސޮއި ކުރެއްވީ، ބަންޑާރާ ނައިބު  ނޫންކަމަށެވެ. އެހެން ނަމަވެސް އެ އޮޕީނިއަން ދެވިފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވެ، އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: